ސީލައިފް ފްލެޓްތަކަށްވުރެ ވިނަރެސް ފްލެޓްތައް އަގުބޮޑުކަމަށްބުނެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
ސީލައިފުން ފްލެޓް ގަތް މީހުން ރައީސަށް ހުށަހެޅި ޕެޓިޝަނުގައި ބުނެފައިވަނީ އެގްރީމެންޓާ ޚިލާފަށް ވިނަރެސް ފްލެޓްތައް އަގުބޮޑުކަމަށާއި ސަރުކާރާއި އެމީހުންނާއި ދެމެދު ވެފައިވާ އެގްރީމެންޓްގައި ސީލައިފް ފްލެޓް ލިބުނު މީހުންނަށް ސަރުކާރުން އަގުހެޔޮ ފްލެޓްތައް ދޭން އެއްބަސްވެފައިވާ ކަމަށެވެ. އެހެންނަމަވެސް ވިނަރެސް ފްލެޓްތައް ވިއްކަން އިއުލާނުކޮށް ސީފައިލް ފްލެޓުގެ މީހުން ރެޖިސްޓްރީވާން ހުޅުވާލިއިރު އެ ފްލެޓުތަކުގެ އަގު ބޮޑު ކަމަށެވެ.
މީގެ އިތުރުން އެމީހުންނާއި އެކު ސަރުކާރުން އެޑީސީވެސް ބައިވެރިވެގެން ސޮއިކޮށްފައިވާ ސެޓްލްމެންޓް އެގްރިމެންޓަށް އަމަލު ކުރަމުން ނުދާ ކަން ފާހަގަކުރަމުން އެމީހުން އެދިފައިވަނީ މިކަމާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ރައީސް އާއި ބައްދަލުކުރެއްވުމަށެވެ.
ސީލައިފުން ފްލެޓްގަތް މީހުންގެތެރޭގައި ފުލްޕޭމެންޓް އަދި ހާފް ޕޭމެންޓް ދެއްކި މީހުން ހިމެނޭއިރު ޖުމްލަ 122 ފަރާތަކުން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެ މަޝްރޫއިން ފްލެޓު ގަތް މީހުންގެ ތެރެއިން ބަދަލު ބޭނުންވެގެން ކޯޓަށް ހުށަހެޅި395 މީހަކާއި އެކު ސަރުކާރުން އޮތީ އެއްބަސްވުމެއް ހަދާފައެވެ.
ހުވަދޫ ނިއުސްއޭ ކިޔަސް ކަލޭމެން ތީ ހުވަދޫ އަތޮޅުގެ ހަބަރުތަށް ގެނެސްދިނުމުގެ ގާބިލްކަން ހުރި ބައެއްނޫން. ކުރެވޭނެހާވެސް ކަމަކީ ސަލާން ޖަހައިގެން ކޮފީ ބުއިން