ޚަބަރު
ޕީ.އެސް.އެމްގެ މައްޗަށް 3.3 މިލިޔަން ރުފިޔާގެ ހުކުމެއް އިއްވައިފި

މަސައްކަތް ކުރުވުމަށްފަހު، އެމަސައްކަތުގެ އަގު ދީފައިނުވާތީ 3.3 މިލިޔަން ރުފިޔާ ހަތަރު މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާސް ކުރުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މައްޗަށް ސިވިލްކޯޓުން ހުކުމްކޮށްފިއެވެ.

ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނާގޮތުގައި ޕީއެސްއެމްގެ ރޭޑިއޯ ބިލްޑިންގ ގައި، ހުޅުމާލެ ފްލެޓް 02-2-111 ޔާސިރާ ޔޫސުފުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ޖޭއެމްޖޭ އިންވެސްޓްމަންޓުން ޕީއެސްއެމް އަށް ފޮނުވާފައިވާ 3.3 މިލިއަން ރުފިޔާގެ އިންވޮއިސްތަކަކަށް ފައިސާ ދައްކާފައި ނުވާ ކަން ހެކިންގެ ހެކިބަހުންނާއި އެހެނިހެން ހެކިތަކުން ސާބިތުވާ ކަމަށެވެ. އެހެންކަމުން ކޮންމެ މަހަކު ވެސް އެ މަހަކަށްޖެހޭ ވަރު ދައްކައި ހަތަރު މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ޚަލާސްކުރުމަށް ވަނީ ހުކުމްކޮށްފައެވެ.

އެހެންނަމަވެސް މިދައުވާއަށް ޖަވާބުދާރީވަމުން ޕީއެސްއެމުން ބުނެފައިވަނީ ޖޭއެމްޖޭ އިންވެސްޓުމެންޓުން ރޭޑިޔޯ ބިލްޑިންގައި މަސައްކަތް ކުރިކަން އޭގެ އެއްވެސް ލިޔެ ކިޔުމެއް ފެންނަން ނެތް ކަމަށާއި ދައުވާތަކާއެކު ހުށަހަޅާފައިވާ އިންވޮއިސްތަކަކީ ސައްޚަ އެއްޗެއް ކަމަށް ނުފެންނަ ކަމަށެވެ. އަދި އެއިންވޮއިސްތަކުގައި ހުރި އަގުތަކަކީ އެފަދަ މަސައްކަތަކަށް އެކަށޭނަ އަގުތަކެއް ނޫން ކަމަށް ޕީއެސްއެމުން ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!