ޚަބަރު
ކުރީގެ ކަރުދާސް ނޫޓްތައް ރަންދިހަ ފަހަކަށް ބަދަލު ކުރަން އެންމެ ފަހު ފުރުސަތު!

ކުރީގެ ކަރުދާސް ނޫޓުތައް “ރަންދިހަފަހެއްގެ” ނޫޓު ތަކަށް ބަދަލުކުރެވޭނެ އެންމެ ފަހު ތާރީހަކި ޖުލައި 31 ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅައިފިއެވެ.

އެމްއެމްއޭ އިން ވިދާޅުވީ ރަންދިހަފަހެއް ނޫޓު ސީރީޒް ބޭނުން ކުރަން ފެށުމުގެ ފަހުން ވަރަށް ދިގު މުއްދަތަކަށް ކުރީގެ ނޫޓުތަށް އާނޫޓަށް ބަދަލު ކުރުމަށް ފުރުސަތުދީފައިވާނެ ކަމަށާއި، މި މުއްދަތު ހަމަވުމަށް ފަހު ދެން ނޫޓްތައް އިތުރަށް ބަދަލު ކުރުމުގެ ފުރުސަތު ދެވެން ނެތް ކަމަށެވެ.

މީގެ އިތުރުން އެމްއެމްއޭ އިން ވިދާޅުވީ މިހާރުވެސް ގިނަ އަދަދެއްގެ ފައިސާ ނޫޓް ބަދަލް ކުރުމަށް ލިބެމުންދާ ކަމަށެވެ. އަދި ކުރީގެ ނޫޓޫގެ ފަސް ޕަސެންޓް އަދިވެސް ބަދަލު ނުހޯދާ އެބަހުރި ކަމަށް އެމްއެމްއޭއިން ބުނެއެވެ.

އެމްއެމްއޭ އިން ވަނީ ކުރީގެ ބާ ނޫޓު އެމްއެމްއޭ އަށް ގެންގޮސް މިހާރުގެ ނޫޓަށް ބަދަލު ކުރަން އެންމެ ފަހުގެ ފުރުސަތެއްގެ ގޮތުގައި މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ހަމަޖައްސާފަ އެވެ.

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާއި ގުޅިގެން ނެރުނު ރަންދިހަފަހެއް ނޫޓު ސީރީޒް ބޭނުން ކުރަން ފަށާފައި ވަނީ 26 ޖެނުއަރީ 2016 ގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!