ރާއްޖޭގައި ފޮޓޯ ނެގުމުގެ މަސައްކަތް އެކިގޮތްގޮތަށް ކުރާ މީހުން ވަރަށް ގިނައެވެ. އެކި ފެންވަރުގެ ފޯނުތަކުން ފެށިގެން ގޮސް އެންމެ މިޒަމާނީ ކެމެރާ ތަކުން ވަރަށް ފުރިހަމަ ފޮޓޯތައް ނަގާ މީހުން އެތައް ހާހުން ގުނާ ލެވޭނެއެވެ. އޭގެ ތެރޭގައި ބައިނަލް އަޤްވާމީ ފެންވަރުގައި މޮޅު، ރީތި ފޮޓޯ ނަގާ ދިވެހިންވެސް ވަކި މަދެއް ނޫނެވެ. ހަމައެހެންމެ ވަކި ކަމަކަށް ޚާއްސަވެ ފޮޓޯ ނެގުމުގައި ބޮޑެތި ކާމިޔާބީ ހޯދާފައި ތިބި މީހުންނާއި ފޮޓޯ ނެގުމުގައި ޢިލްމީ ޤާބިލް ކަން ހުރި ނުވަތަ ތަޖުރިބާކާރުންވެސް މިރާއްޖޭގައި މަދެއް ނޫނެވެ.
އެގޮތުން ގދ ތިނަދޫ ، މާރވެލް، ނައުޝަމް ވަޙީދަކީ ފޮޓޯ ނަގާ, ހުނަރުވެރި ޒުވާނުންގެ ލިސްޓްގައި ވަރަށް މަޝްހޫރު ފަންނުވެރިއެކެވެ. ތަފާތު އެކި ކަހަލަ ފޮޓޯ ނެގުމުގައި ފިޔަ ޖަހަމުން އަންނަ ނައުޝަމް ނަގާފައި ހުންނަ ވަރަށް ގިނަ ފޮޓޯ ތަކަކީ އެ ފޮޓޯ އަކަށް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދާ ފޮޓޯ ތަކެކެވެ. ތިޔަ ހީކުރީ ރަނގަޅަށެވެ. އޭނާގެ ފޮޓޯ ތަކުގެ ތެރެއިން ގިނަ ބައެއްގެ ނަޒަރު ހުއްޓިގެން ދަނީ ރާއްޖެ އާއި ދުނިޔޭގެ ލެވެލްގައި ހިގާ ނުވަތަ ހިންގާ ކަންކަމަށެވެ. ރާއްޖެއަށް ބަލާއިރު ދިވެހި ކަލަންޑަރު ގައި ހުންނަ ރަސްމީ ދުވަސްތަކާ, އެންމެންގެ ސަމާލުކަން ހުއްޓިފައި ފައި ހުންނަ ކަންކަމަށެވެ. އޭގެ ތެރެއިންވެސް ދިވެހި ރާއްޖޭގައި ފާހަގަ ކުރާ ޚާއްޞަ ދުވަސް ތަކެވެ.
ނައުޝަމް ގެ މި “މުނާސަބީ ކޮންސެޕްޓް” ގައި އޭނާ ގެ ފޮޓޯ އަށް ލިބޭ އެންމެ ބޮޑު ސަމާލުކަމަކީ އަންނަ މު މުނާސަބަތަކާ ގުޅުން ހުންނަ ފޮޓޯ އަމިއްލަ ވިސްނުން ގެނެސް ވަކި ޚާއްޞަ ލޮކޭޝަނެއްގައި އަސްލާ އެއްގޮތް ވާހެން ކުރިން ނަގައި ތައްޔާރުވެ ސުންގަޑި އަށް ސޯޝަލް މީޑިއާ އަށް އަޕްލޯޑް ކުރުމެވެ. އެގޮތަށް އޭނާ ނެގި ފޮޓޯ ތައް ވަނީ ރާއްޖޭގެ ގިނަ ނޫސް ތަކުގެ ފަލަ ސުރުޚީ ތަކުން ޖާގަ ހަދާފައެވެ. އަދި މަޝްހޫރު އެތައް ޕޭޖަކުން ޝެއަރ ކޮއްފައެވެ.
މި ރިޕޯޓުގައި ހިއްސާ މި ކޮށްފަނީ 2019 އަހަރުން ފެށިގެން ނައުޝަމް ތައާރަފު ކުރި “މުނާސަބީ ފޮޓޯ” ތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ދިޔަ 20 ފޮޓޯ އެވެ. މިއީ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް ޤައުމީ ރޫޙު ދިވެހިންގެ ހިތުގައި ދިރުވާން އޭނާ ކުރަން ފެށި ތަފާތު( ޔުނީކް) މަސައްކަތެކެވެ. ނައުޝަމްގެ ވިސްނުމަކީ އެ ފޮޓޯއެއް ބަލާލުމުން އެމުނާސަބަތަކާއި ގުޅުން ހުރި އުފެއްދުންތެރި މަންޒަރެއް ސިފަ ކުރުވުމެވެ.
ނައުޝަމް އެ ފަހުން ނެގި ނަސްރުގެ ދުވަހުގެ ފޮޓޯ އަށް ވަސް ވަނީ އެތައް ހާސް ބައެއްގެ ސަމާލުކަން ލިބިފައެވެ.
ނިއުޒިލެންޑްގެ ކްރިސްޓްޗަރޗް ގައި ދިން ބަޑީގެ ހަމަލާގެ ސަބަބުން އަނިޔާލިބުނު މަންޒަރު ދައްކުވައިދޭ ފޮޓޯއެއް ރީކްރިއޭޓް ކޮށްފައި، މިފޮޓޯއަށް ދުނިޔޭގެ އެކިކަންކޮޅުތަކުގެ ސަމާލުކަން ލިބިފައިވޭ – ފޮޓޯ: ނައުޝަމް (2019)
މިނިވަންދުވަސް 2019
2019 ވަނަ އަހަރުގެ ފިތުރު އީދު ދުވަސް- ފޮޓޯ:ނައުޝަމް
2021 ވަނަ އަހަރުގެ މާދަރީ ބަހުގެ ދުވަސް
2020 ވަނަ އަހަރުގެ ގައުމީ އެއްބައިވަންތަ ކަމުގެ ދުވަސް (މިދުވަސް ފާހަގަ ކުރަން ފަށާފައިވަނީ 2004 ވަނަ އަަހަރުގެ ސުނާމީ ކާރިސާއަށްފަހު)
2020 ވަނަ އަހަރުގެ ގައުމީ ދުވަސް
03 ނޮވެމްބަރު 2019 (ނަސްރުގެ ދުވަސް)
ފަލަސްތީނުގެ ކުޑަކުދިންގެ ޙާލަތު ދައްކުވައިދޭ މަންޒަރެއް
2021 ވަނަ އަހަރުގެ އަޞްހާ އީދު ދުވަސް
ބައިނަލްއަގުވާމީ މަންމައިންގެ ދުވަސް
2020 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް
2020 ވަނަ އަހަރުގެ ފިތުރު އީދު ދުވަސް
2020 ވަނަ އަހަރުގެ މިނިވަން ދުވަސް
2020 ވަނަ އަހަރުގެ އަޞްޙާ އީދު ދުވަސް
ކޮރޯނާ ވައިރަސް އާމެދު ހޭލުންތެރި ކުރުވުމަށް ނައުޝަމް ނަގާފައިވާ ފޮޓޯއެއް
2020 ވަނަ އަހަރުގެ ރޯދަ މަސް
ކޮރޯނާ ވައިރަސް އަށް ހޭލުނުތެރި ކުރުވުމަށް ނައުޝަމް ނަގާފައިވާ ފޮޓޯއެއް
ޖިންސީގޯނާ އާ ދެކޮޅަށް ހޭލުންތެރިކުރުވުމަށް ނައުޝަމް ނަގާފައިވާ ފޮޓޯއެއް
މިއަހަރުގެ ނަސްރުގެ ދުވަހާ ގުޅުވައިގެން ޝަހީދު ހުސައިން އާދަމްގެ މަންމައާއި ބައްޕަ، ޝަހީދު ހުސައިން އާދަމްގެ ފޮޓޯއެއް ހިފައިގެން – ފޮޓޯ: ނައުޝަމް
2021 ގައުމީ ދުވަސް
ބޯނަސް: 1962 ވަނަ އަހަރު އޭރުގެ ސަރުކާރުން ހަވަރު ތިނަދޫ ރައްޔިތުން ރަށުން ބޭލި ހާދިސާ ރަމްޒުކޮށްދޭ މަންޒަރު – ފޮޓޯ: ނައުޝަމް
ކުރިޔަށް އޮތީ ޖުމްހޫރީ ދުވަހެވެ. ތިޔަ ފަރާތްތައް ދެން އިންތިޒާރު ކުރާނީ ނޮވެމްބަރު 11 ގެ ފޮޓޯ އަށް ކަން ޔަޤީނެވެ.