ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރު މަތިވެރީ މީހަކު ރަހީނުކުރުމަށްފަހު އެމީހާއަށް އަނިޔާ ކޮށްފިއެވެ.
މައުލޫމާތު ލިބުނު ގޮތުގައި ޖާބިރު މަތިވެރިއަށް ވަޑައިގަތުމަށްފަހު އެރަށުގައި ދިރިއުޅެމުންދާ ބީރައްޓެހި މީހަކު ރަހީނުކުރުމަށްފަހު ޖާބިރުގެ ގެސްޓް ހައުސް (ކަޒާމިއާ) އަށް ވަނީ ގެންގޮސްފައެވެ. މިއަދު މެންދުރު 3 އެހާކަންހާއިރު ރަހީނުކުރި 35 އަހަރުގެ މީހާއަށް އަނިޔާ ކުރުމަށްފަހު ދޫކޮށްލާފައިވަނީ ހަވީރު 4:15 އެހާކަންހާއިރުގައެވެ.
މިއަދު ހިނގާދިޔަ މިހާދިސާގައި އެމީހާގެ ނޭފަތް ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާ އިރު ލޯކައިރިވެސް ދުޅަވެފައިވާ ކަމަށާއި އެމީހާއަށް އެރަށު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް އެރަށު ކައުންސިލުގެ ރައީސް ވަނީ ވިދާޅުވެފައެވެ.
މަތިވެރީ ކައުންސިލްގެ ރައީސް އިތުރަށް ވިދާޅުވީ ޖާބިރު އެރަށަށް ދިޔައީ މީގެ ދެދުވަސް ކުރިން ކަމަށާއި ރަށުތެރޭ ހަޑިހުތުރު ބަހުން މީހުންނާ ދިމާލަށް އެއްޗެހި ކިޔަމުން ދާކަމުގެ ޝަކުވާ ކައުންސިލަށް ހުށަހެޅިފައިވާކަމަށެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުންދަނީ އެރަށުގައި ހަރަކާތްތެރިވަމުންނެވެ. އަދި މިހާތަނަށް ފުލުހުންގެ ބަހެއް ލިބިފައި ނުވެއެވެ.
ޙައްޔަރުކުރޭ
ރަޖިސްޓްރީ ނުވެޔޯލަ. ތެދެއްބާ!
ރަޖިސްޓްރީ ނުވެޔޯލަ. ތެދެއްބާ!