ގއ. މާމެންދޫ ކައުންސިލްގެ ނައިބު ރައީސް މިސްބާހް މުޖުތަބާ، އޭނާ އާއި ހަވާލުކޮށްފައިވާ އެޑްމިނިސްޓްރޭޓިވް މަސްއޫލިއްޔަތުން އެކަހެރިކޮށްފިއެވެ.
ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން މާމެންދޫ ކައުންސިލްގެ ނައިބު ރައީސް މިސްބާހް ވިދާޅުވީ، މިއަދު ބޭއްވި ކައުންސިލްގެ ބައްދަލުވުމެއްގައި އޭނާ މަގާމުން އެކަހެރިކޮށްފައިވާ ކަމަށާއި އެކަން ކޮށްފައިވަނީ ކައުންސިލް ރައީސް މިސްބާހް އާ ދޭތެރޭ ބާއްވާ ޒާތީ ކަމެއްގެ ގޮތުން ކަމަށް ބެލެވެއެވެ.
މިސްބާހް ވިދާޅުވީ، ބަޔަކު ފޭސްބުކް ޕޭޖެއްގައި ޖެހި ޕޯސްޓެއްގެ ސަބަބުން އެކަމާ ރައީސް ހިތްހަމަ ނުޖެހިގެން ކައުންސިލްގެ މުވައްޒަފުންނާއި ނައިބު ރައީސަށް އިންޒާރުދީ ރަށަށް ކޮށްދެމުން ދިޔަ ހިދުމަތްތަކަށާއި އަދި ހޯދާފައިވާ ފުރުސަތު ތަކަށް ހުރަސް އަޅާފައިވާ ކަމަށެވެ.
“ކޮވިޑް ބަލީގައި މާމެންދޫ މޮނިޓަރިންއަށް ލާފައިވާ ކޮންމެ ފަހަރަކު ރައްޔިތުންނަށް މައުލޫމާތު ދިނުމުގައި ވަރަށް ގާތުން ބަލައި އެކަން ފުރިހަމައަށް އަޅުގަނޑު ކުރަމުންއައީ. ނަމަވެސް އެންމެ ފަހުން ރަށް މޮނިޓަރިންގ އަށްލީ ފަހަރު ޗުއްޓީގައި އަޅުގަނޑު ހުރީ. އެހެން ވުމުން އެކަންތައް ބަލަމުން ދިޔައީ ދެންތިބި ކައުންސިލް މެމްބަރުން.” މާމެންދޫ ކައުންސިލްގެ ނައިބު ރައީސް މިސްބާހު ވިދާޅުވިއެވެ.
އެގޮތުން “މާމެންދޫ އަޑެ ބަޑެ” ކިޔާ ފޭސްބުކް ޕޭޖެއްގައި، އޭނާ ޗުއްޓީގައި ހުރުމުން ކޮވިޑް-19 އާ ގުޅޭ މައުލޫމާތު ދިނުމުގެ ކަންތައް ދަށްވެފައިވާ ކަމަށް ބަޔަކު ޖެހި ދުވަހުން ފެށިގެން އޭނާ މާމެންދޫއަށް ކުރަން އުޅޭ ކޮންމެ މަސައްކަތަކަށް ރައީސް ހުރަސް އަޅަމުންދާ ކަމަށާއި، ރަށަށް ގެނައި ޕްރޮޖެކްޓްތައްވެސް ހުއްޓުވަމުން ދާ ކަމަށް މިސްބާހު ވިދާޅުވިއެވެ.
މިސްބާހު ވިދާޅުވީ، މާމެންދޫ ސްލިޕްވޭ ފަސްގަނޑު މައްސަލައިގައި ކުރިން ނިންމައި ރައްޔިތު ބައްދަލުވުމެއްގައި ބުނެފައިވާ ގޮތާ ޚިލާފަށް ކައުންސިލުން ހިންގަމުން ދިޔަ ޕްރޮޖެކްޓަކަށް އެވެލިފުނިން ވެލި ނަގައި ބޭނުން ކުރަމުން ދިޔަ މައްސަލައިގައި، އެކަން ކުށްވެރިކޮށް އޭނާ ފޭސްބުކްގައި ޖެހި ޕޯސްޓަކާ ގުޅިގެން ރައީސް މިހާރުވަނީ އޭނާ އާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތައް އަނބުރާ ނަގާފައި ކަމަށެވެ.
“ސްލިޕްވޭ ގައި ޖަހާފައި ހުރި ވެލި ފުނި ކައުންސިލުން ނިންމައި ރައްޔިތު ބައްދަލުވުމެއްގައި ވަނީ އެވެލިފުނި ބީޗު ސަރަހައްދަށް އެޅުމަށް ވައުދުވެފައި. އަދި އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ރައްޔިތުން ތިބީ ތައްޔާރަށް. ނަމަވެސް ކުއްލިއަކަށް ފެނުނީ ކައުންސިލުން ކުރަމުންދާ މަސައްކަތެއްގަ އެ ވެލިފުނިން ވެލި ނަގައި ބޭނުން ކުރަމުންދިޔަތަން. ރައްޔިތުންނަށް ވައުދެއް ވެއްޖެއްޔާ އެކަމެއް ފުއްދަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. އެހެންވެގެން އެކަމަކީ އަޅުގަނޑު އެއްވެސް ގޮތަކަށް ތާއީދު ކުރާ ކަމެއް ނޫންކަމުގައި ބުނެ ފޭސްބުކް ޕޯސްޓެއް ޖެހީ.” މިސްބާހު ވިދާޅުވިއެވެ.
މިސްބާހު އަކީ ޒުވާނުންގެ ތާއީދާއެކު ކައުންސިލަށް ހޮވުނު މެންބަރަކަށް ވެފައި ޒުވާނުންގެ ކަންކަމުގައި މިސްބާހު ކުރަން އުޅޭ އެއްވެސް ކަމެއްގައި ރައީސް އެއްބާރުލުން ނުދޭކަމަށް އޭނާ ބުންޏެވެ.
މިސްބާހް ވިދާޅުވީ، މަސްއޫލިއްޔަތު ތަކުން އެކަހެރި ކުރި ކަމުގައިވިޔަސް ކައުންސިލްގައި ހުރެ ކައުންސިލުން ކުރަމުންދާ ހުރިހާ ކަމެއް ގާތުން ބަލައި ގޯސްކޮށް އެއްވެސް ކަމެއް ކުރާ ކަމަށްވަންޏާ އެކަން ހުއްޓުވުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
އެންގާ އަކީ މާމެންދޫއަށް ޖެހިފަ ހުރި ބައްޔެއް.
ެގއ. މާމެންދޫ ކައުންސިލް ހިންގަމުން ގެންދަނީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި މުޅިން އިދިކީލަކޮށް ، މިހާރުވެސް އެއްމިލިއަން ރުފިޔާ އިސްރާފު ކިށްފިއެވެ. ކައުންސިލް ޒިންމާދާރު ވެރިންނަށް މިކަންތައް ނުފެނެއެވެ. ކައުންސިލް ރައީސް މަސްލަހަތު އޮންނަގޮތަށް ބާޕިކަޕެއް އުސޫލުން ބޭރުން ނާޖާއިޒު ފައިދާ ކައުންސިލް ރައީސްއާއި ބައެއްވެރިންނަށް ލިބޭގިތަށް ގެނެސްފައިވެއެވެ.
ގއ. މާމެންދޫ ކައުންސިލް ހިންގަމުން ގެންދަނީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި މުޅިން އިދިކީލަކޮށް ، މިހާރުވެސް އެއްމިލިއަން ރުފިޔާ އިސްރާފު ކިށްފިއެވެ. ކައުންސިލް ޒިންމާދާރު ވެރިންނަށް މިކަންތައް ނުފެނެއެވެ. ކައުންސިލް ރައީސް މަސްލަހަތު އޮންނަގޮތަށް ބާޕިކަޕެއް އުސޫލުން ބޭރުން ނާޖާއިޒު ފައިދާ ކައުންސިލް ރައީސްއާއި ބައެއްވެރިންނަށް ލިބޭގިތަށް ގެނެސްފައިވެއެވެ.
އެންގާއަކަށް ބޭނުން އެއްނެހެދޭނެ
މާ ބަލާބޮޑުނުވާތި
އެހެން މެންބަރުންގެ ހިޔާލާއި ފިކުރުތަކަށް ޖާގަނުދިނުމަކީ ކައުންސިލް ފެއިލްވުމުގެ ހެއްކެއް. ރައްޔިތުން ކައުންސިލަރުންނަށް ވޯޓުދިނީ ޕަޕެޓުންނަށް ހެދިގެން އުޅޭކަށެއް ނޫން. ތިގޮތުގައި އުޅެން ބޭނުމިއްޔާ އިސްތިއުފާ ދީފަ ގެއައްދިޔުމަކީ ބުއްދިވެރިކަމެއް ކަމުގައި ދެކެން. ހިތްހަމަނުޖެހެންޏާ އެވަހަކައެއް ބުނަންޖެހޭނެ، ބުނަންވާނެ. ސާބަހޭ ނައިބު ރައިސް
ޢެހެން މެންބަަރުންނަށް ޖާގަ ނުދޭ ޢިރު އެ މެންބަރުން ބަަސްނުބުނެ ތިބެނީ ކީއްވެ. ޢެޅިހާ ބަތަކަށް ރިހަ އެޅީމަ ރައްޔިތުން ޙަވާލު ކުރި މަސްއޫލިއްޔަތު ތައް އަދާ ނުކުރެވުނީ ނުން. ކޮޮންމެ މަސްއޫލިއްޔަތަކީ އެކަަމަކާ ސްވާލު ކުރެވޭނެ ކަންތައް. ޢަދި ޖަވާބުދާރީ ވާންް ޖެހޭނެ.
އެންގާ އިސްތިއުފާ ދީފަ ގެއަށްދޭ
ޢެންގާ އެއީދެންކާކު މީނަ ހިތުން މީނަ މީ ވަރަށް މާއެތް ބޭފުޅެއް
ރަޖިސްޓްރީ ނުވެޔޯލަ. ތެދެއްބާ!
ކިޔަވައިގެން ހުރި މީހަކަށް ނުވީމަ ޒިންމާ ދާރު ކަމާއި އެކީ ކަންކަން ކުރަން ނޭގެނީ. ހުސް ޖަރީމާ ހިންގަނީ. އަންބޮޑި ބޮޑުކުރަން އުޅެނީ. ކައުންސިލް އިދާރާއިން ފާސް ނުކޮށް ހިތައް އަރާ ކޮންމެ ގޮތަކަށް ބާވެފައިވާ އާލާތްތަކުން އަމާބުނީތީ ފަރަށް ދާ އުސޫލުން ކަންކަން ކުރަމުންދަނީ. ކައުންސިލް އިދާރާގެ ފައިސާއިން އޭނާގެ ފިހާރައިން ގިނަ މުދާތައް ކައުންސިލްގެ ޕްރޮޖެކްޓްތަކަށް ނަގަނީ. ކޮރަޕްޝަނަށް މުޅިމިހާ ގައިގައި ވަނީ ވަކިހިއްޕާފައި. ސެސްްނާ. އަހުމަދު އަޒީ ( ގއ.މާމެންދޫ ކައުންސިލްގެ ރައިސް ) މީނާގެ ރައްޓެއްސެއްގެ އަތުން 3 ލައްކަ އަށްވުރެ ބޮޑުކޮށް ބާ ޕިކަޕެއް ގެނެސް ކައުސްސިލްގެ ލާރި ވަނީ މީނާއަށް ބައި އަޅާފައި. ޕިކަޕުގައި ވަނީ ދަބަރު ފިލުވުމައްފަހު ސްޕުުރޭޖަހާފައި.
ތައުލީމީ މިޒަމާނުގައި ނުކިއަވާހުރި ޖާހިލަކަށް ވެރިކަންލިބުނީމަ ވާނެ 6 އެތި މިއަހެރީ ވެފައި. ފުރަމަ ކަމަކަށް މީހާގެ ކިބުރު ވެރި ކަމާއި ބޮޑާއި ކަމުން ތިމާ އުފަންވީ ރަށުގެ ބަހުރުވައިން ވާހަކަ ދައްކަނީ އަކީވެސް ނޫން. އުޅެނީ މާލޭ މީހަކަށް ހެދިގެން. އުޅެން ޖެހެނީ ރާއްޖެ ތެރޭރަށެއްގައި. ނައިބްރައީސް ސާބިތު ކަމާއިއެކު ހުންނަންވީ. ނުކިޔަވާހުރި ތަންދޮރު ނުދަންނަ ގަމާރަކަށް ދޫކުރާނެ ކަމެއްނެތް. ގަވާހިދާއި ގާނޫނައި ހިލާފަށް ހުދުމުހުތާރުވެ ކުރާ ހުރިހާކަމެއް ރައްޔިތުންނަށް ސާފްކޮށްދެމުން ދާންވީ.
ސާބަހޭ މިސްބާޙް ތިކުރާ ހިތްވަރަށް. ޢެހެން މެންބަރުންވެސް ތިހެން ވާނެނަމަ ވަރަށް އުފާވީސް..