ދިއްލީއަށް ދަތުރުތައް މޯލްޑިވިއަންއިން ފަށާފައިވަނީ އިއްޔެ އެވެ. މޯލްޑިވިއަންގެ ފްލައިޓެއް މިއަދު ވަނީ ދިއްލީ އިން ރާއްޖެއަށް ދަތުރެއްވެސް ކޮށްފައެވެ. އިންޑިއާގެ ދިއްލީއަށް ދަތުރުތައް ފެށުމުން، މޯލްޑިވިއަންގެ ދަތުރުތައް އިންޑިއާގެ ފަސް މަންޒިލަކަށް މޯލްޑިވިއަންގެ ދަތުރުތައް ފެށިގެން ދިޔައީއެވެ.
މޯލްޑިވިއަންގެ ދަތުރުތައް މިހާރުވެސް އިންޑިއާގެ ޗެންނާއީ އާއި ކޮޗިން އާއި މުމްބާއީގެ އިތުރުން ޓްރެވިންޑްރަމަށް އަންނަނީ ކުރަމުންނެވެ. އަދި ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަށް ވެސް މޯލްޑިވިއަން އިން ޝެޑިއުލް ފްލައިޓްތައް އަންނަނީ ބާއްވަމުންނެވެ.
އިންޑިއާއަށް ދަތުރުތައް ފެށުމުގެ ގޮތުން މޯލްޑިވިއަނުން މީގެ ކުރިން އެކުންފުނީގެ މުވައްޒަފުންގެ ރަށްޓެހިންނާއި އާއިލާތަކަށް 150 ޑޮލަރަށް ދިއްލީއަށް ދެވޭ ޚާއްސަ ފެއަރއެއް ވަނީ ހަމަޖައްސާފައެވެ.
އަދި އަވަހެއްނު ޖެހިލެއް. އަންނަ ހަފްތާގައި ޖަހަން މަޑުކޮށްލި ނަމަ.
ކޮމެންޓް އެޕްރޫވް ކުރަން ނުކެރުނު ދޯ. ހަޖަމް ކުރަން ނޭނގޭތީ ވާނީ ވެސް އެހެން
ރަޖިސްޓްރީ ނުވާ ވާހަކަ ޖަހަންވެސް ކެރޭނަމަ ދޯ؟
ހާދަ ގައްޑަލޭ ދޯ! ރަޖިސްޓްރީ ނުވާތީ ހާދަ އުފަލުން ތިއުޅެނީ! ދެންވެސް ނުވާނެ!
މަކުރާ ކޮމެންޓް މަކުރާ ގޮތަށް އަރުވަބަލަ!