ޚަބަރު
ހުވަދު އަތޮޅުގެ ހަތަރު ރަށަކު ވޮލީކޯޓް އަޅަން އެއްބަސްވުމުގައި ސޮއިކޮށްފި

ހުވަދު އަތޮޅުގެ ހަތަރު ރަށެއް ހިމެނޭހެން 25 ރަށެއްގައި ވޮލީކޯޓު އެޅުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ވޮލީކޯޓު އަޅަން ހަމަޖެހިފައިވާ ހުވަދު އަތޮޅުގެ ހަތަރު ރަށަކީ ގއ.ވިލިނގިލި، ގއ.ދާންދޫ، ގއ.ނިލަންދޫ، ގއ.ކޮލަމާފުށިއެވެ.

މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ. މިނިސްޓްރީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަހުމަދު އިބްރާހިމްއެވެ. އަދި ޔޫތު މިނިސްޓަރ މަހުލޫފްވެސް މިރަސްމިއްޔާތުގައި ބައިވެރިވެފައިވާއިރު ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރަނޭޝްވެސް ވަނީ ބައިވެރިވެފައެވެ.

ހުވަދު އަތޮޅުގެ 4 ރަށެއްގެ އިތުރުން ހދ.ކުމުންދޫ، ހދ.ފިނޭ، ހދ.ކުޅުދުށްފުށި، ހދ.ނޭކުރެންދޫ، ށ.ފުނަދޫ، ށ.މިލަންދޫ، ބ.ގޮއިދޫ، ބ.ކެންދޫ، ޅ.ހިންނަވަރު، ކ.ތުލުސްދޫ، ވ.ފެލިދޫ، ވ.ފުލިދޫ، ވ.ކެޔޮދޫ، މ.ދިއްގަރު ފ.ނިލަންދޫ، ފ.މަގޫދޫ، ތ.ހިރިލަންދޫ، ތ.މަޑިފުށި، ލ.ފޮނަދޫ، ފުވައްމުލައް ސިޓީގެ އިތުރުން އައްޑޫ ސިޓީ ހިމެނެއެވެ.

ހުވަދު އަތޮޅަކީ ކުޅިވަރުގެ އަތޮޅަކަށް ވާތީ ހުވަދު އަތޮޅުގެ ގިނަ ރަށްރަށުގައި ކުޅިވަރުގެ ދާއިރާގައި ގިނަ ފުރުސަތުތަކެއް ހޯދައިދޭން ޔޫތު މިނިސްޓްރީން ދަނީ ގިނަ ކަންތައްތައް ކުރަމުންނެވެ. އެގޮތުން ފުޓްބޯޅަ ކުޅޭ ދަނޑުތައް ތަރައްޤީ ކުރުމާއި ހޭންޑްބޯލް އަދި ވޮލީ ކޯޓު އަޅައިދިނުން ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!