ޚަބަރު
ލީކުވި އޯޑިޔޯ: ގާޒީ ފާއިޒް ސަސްޕެންޑްކޮށްފި

ކުރީގެ ރައީސް ޔާމީނުގެ ހުކުމާއި ގުޅިގެން ލީކުވި ފަނޑިޔާރުންގެ އޯޑިޔޯގެ ތެރެއިން ކްރިމިނަލް ކޯޓުގެ ގާޒީ އަލްއުސްތާޒު ހުސައިން ފާއިޒު ރަޝާދުގެ އަޑާއި އެ އޯޑިއޯ އާއި ދިމާ ވާތީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން ގެންދާ މައްސަލަ ތަހުގީގުކޮށް ނިމެންދެން ގާޒީ ފާއިޒު ސަސްޕެންޑުކޮށްފިއެވެ.

ޖޭއެސްސީން ބުނާގޮތުގައި ލީކުވި އޯޑިޔޯތަކުގެ ފޮރެންސިކް އެނާލިސިސް ހެދުމުން އެގުނު ގޮތުގައި ގާޒީ ފާއިޒު ފިޔަވައި ދެންތިބި ދެގާޒީން ކަމަށްވާ ކްރިމިނަލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަލީ އާދަމް އާއި ޑްރަގް ކޯޓުގެ ގާޒީ އަލްއުސްތާޒު މުހައްމަދު ސަމީރުގެ އަޑު ނޫން ކަމަށެވެ. އެހެންކަމުން އެދެބޭފުޅުންގެ މައްޗަށް އެއްވެސް ތުހުމަތެއް ނުކުރުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.

އެހެންނަމަވެސް ގާޒީ ފާއިޒުގެ ސުލޫކީ މައްސަލައާ ގުޅިގެން، އެ މައްސަލައިގެ ބާވަތަށާއި ތަހުގީގަށް ހޯދިފައިވާ މައުލޫމާތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، މިއަދުން ފެށިގެން ދެ މަސް ދުވަހަށް އޭނާ ވަނީ ސަސްޕެންޑްކޮށްފައެވެ.

ފާއިޒުގެ އޯޑިޔޯގައި އޭނާ ވިދާޅުވެފައިވަނީ ޔާމިނުގެ މައްޗަށް ހުކުމް އިއްވީ ސަޕޯޓަރުންގެ ތާއީދު އިތުރު ކުރުމަށް ކަމަށާއި އެ ވާހަކަތައް 2023ގައި ތަފްސީލް ކުރައްވާނެ ކަމަށެވެ. މީގެ އިތުރުން ފާއިޒް ވިދާޅުވެފައިވަނީ ރައީސް ޔާމީނާ ދެކޮޅަށް ޙުކުމް ކުރެއްވީ މަޤާމުގެ ބިރުން ނޫން ކަމަށެވެ.

ރައީސް ޔާމީންގެ ހުކުމާ ގުޅިގެން ރަހީން ކުރިތޯ، ލީކްވި އޯޑިއޯގައި ސުވާލު ކުރުމުން ވިދާޅުވީ، “އެހެން ކަމަށް ބަލަމާހޭ” ވިދާޅުވާ އަޑު އިވެއެވެ. ހަމައެހެންމެ ރަހީނު ކުރެވޭ ބައިވަރު ގޮތްތައް ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިތުހުމަތްތަކަށް ގާޒީ ފާއިޒު އިންކާރުކުރި ކަމުގައިވީނަމަވެސް އޯޑިޔޯތަކުގައި ދައްކާފައި ހުރި ވާހަކަތަކުގެ ސަބަބުން ޖޭއެސްސީން އޭނާ ކުށްވެރިކުރެއެވެ. އަދި ފުލުހުންގެ ފޮރެންސިކް އެނާލިސިސްގެ މައްޗަށް ބިނާކޮށް އެމައްސަލަ ބަލަން ވަނީ ނިންމާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!