ޚަބަރު
ގައްދޫއަށް އެތެރެކުރަން އުޅުނު މަސްތުވާ ތަކެތި އަތުލައިގެންފި

ގދ.ގައްދޫއަށް އެތެރެކުރަން އުޅުނު މަސްތުވާ ތަކެތި ފުލުހުން އަތުލައިގެންފިއެވެ.

މަސްތުވާ ތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގދ. ގައްދޫ ޕޮލިސް ސްޓޭޝަނާއި އަޕަރ ސައުތު އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގައްދޫ ބަނދަރުގައި އޮތް ބޯޓަކުންވަނީ މަސްތުވާ ތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައިވާ ފިލްމު ހުސްކުރި ފަސް ދަޅުގެ އިތުރުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ވަނީ ފެނިފައިވެއެވެ.

އެބޯޓުން ގައްދޫއަށް މަސްތުވާ ތަކެތި އެތެރެކުރަން އުޅޭކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން މިދިޔަ ބްރާސްފަތި ދުވަހު ފުލުހުން ހިންގި މިއޮޕަރޭޝަނުގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.

ފުލުހުންދަނީ މިމައްސަަލަ އިތުރަށް ތަހުޤީގުކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!