ޚަބަރު
ސިވިލް ސާވެންޓުންނަށްވެސް ސިޔާސީ މިނިވަންކަން އޮންނަން ޖެހޭކަމަށް ޤަބޫލުކުރަން: މަހުލޫފް

ސިވިލް ސާވެންޓުންނަށްވެސް މިނިވަން ކަމާއެކު ސިޔާސީ ކަންކަމުގައި އުޅެވެން ޖެހޭނެކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ސިޔާސީ ކަންކަމުގައި އުޅޭ މުވައްޒަފުންގެ ވަޒިފާ ގެއްލޭ ގޮތަށް ޤާނޫނަށް ގެނައި އިސްލާހާއި ބެހޭގޮތުން ޔޫތު މިނިސްޓަރ މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސަރުކާރުގެ މަސައްކަތަށް ހުރަސްނާޅާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ޚިދުމަތްދޭނަމަ ސިވިލް ސާރވެންޓުންނަށް މިނިވަންކަމާއެކީ ސިޔާސީ ކަންތައްތަކުގައި ހަރަކާތްތެރިވެ އުޅެވެން ޖެހޭނެ ކަމަށް ދެކޭ ކަމަށެވެ.

މަހުލޫފް އިތުރަށް ވިދާޅުވީ ޔޫތު މިނިސްޓްރީގައިވެސް ސިޔާސީ ގޮތުން ތަފާތު ފިކުރުގެ މީހުން ވަޒީފާ އަދާކުރަމުންދާއިރުވެސް މަސައްކަތުގެ ސްޕީޑް ދަށް ނުވާ ކަމަށެވެ. އެހެންކަމަށްވަންޏާ އެމީހުންނަށްވެސް މިނިވަންކަން އޮންނަން ޖެހޭ ކަމަށް މަހުލޫފު ވިދާޅުވިއެވެ.

ސަރުކާރުގެ މިނިންމުމާ ދެކޮޅަށް ގިނަ ބަޔަކު ފާޑުކިޔަމުންދާއިރު އެއްވެސް ސިވިލް ސާވަންޓެއް “ކުށެއް” ކޮށްފިނަމަ ވަޒީފާ ގެއްލިގެން ދާގޮތަށް ޤާނޫނަށް އިސްލާހު ގެނެސް މިހާރު ވަނީ ގެޒެޓްކޮށްފައެވެ. ބަޔާން ކޮށްފައިވާ ކުށްތަކުގެ ތެރޭގައި މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑީގެ ބޭރުން ވެސް، ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި ސިވިލް ސާވިސް މުވައްޒަފުން ސިޔާސީ ހަރަކާތުގައި ބައިވެރިވާނަމަ އެމުވައްޒަފެއްގެ ވަޒީފާ ގެއްލޭނެއެވެ.

މީގެ އިތުރުން މުވައްޒަފުގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވަކި ފަރާތަކަށް ޖެހިފައިވާކަން ދޭހަވާ ފަދަ ގޮތަކަށް ނުވަތަ އޭނާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމާއި، މުވައްޒަފުގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނުވަތަ މަގާމުގެ ހައިސިއްޔަތުން ހިދުމަތް ދިނުމުގައި ސިޔާސީ އެއްވެސް ތަޢައްސުބެއް ގެންގުޅޭ ނަމަވެސް ވަޒީފާއިން ވަކި ކުރެވޭނެއެވެ. އަދި ރަސްމީ ގަޑީގައި ސިޔާސީ ވާހަކަދެއްކުމަކީ ފުރަތަމަ ދަރަޖައިގެ ކުށަކަށްވާއިރު، ސިޔާސީ ވާހަކަ ދެއްކުމާއި، ސިޔާސީ ބަހުސްކުރުމަކީ ދެވަނަ ދަރަޖައިގެ ކުށެއް ކަމަށް އެއިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ދެއްކި ވާހަކަތަކާއި ޚިލާފަށް މިހާރު ސަރުކާރުން ކަންތައް ކުރަމުންދާ ގޮތް މުޅިން ތަފާތު ކަމަށް ބުނެ ސޯޝަލް މީޑީޔާގައި ގިނަބަޔަކު ދަނީ ޚިޔާލު ފާޅުކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!