ޚަބަރު
ހޮސްޕިޓަލެއްގައި އަލިފާން ރޯވެ 11 މީހަކު މަރުވެއްޖެ

ކޮވިޑް-19އަށް ފަރުވާ ހޯދަމުންދިޔަ ބަޔަކު ތިބި އިންޑިޔާގެ ހޮސްޕިޓަލެއްގައި އަލިފާން ރޯވެ 11 މީހަކު މަރުވެއްޖެއެވެ.

އިންޑިޔާގެ މަހާރާޝްތްރާ ސްޓޭޓްގައި ހިނގާދިޔަ މީހާދިސާގައި އަލިފާން ރޯވެފައިވަނީ ކޮވިޑް-19އަށް ފަރުވާ ހޯދަމުންދިޔަ ބަލިމީހުން ތިބި ވޯޑެއްގައެވެ. އިންޑިޔާގެ ރިޕޯޓްތަކުގައި ބުނާގޮތުން އަލިފާނުގެ ހާދިސާ ހިނގިއިރު އެވޯޑުގައި 17 ބަލިމީހުން ތިބި ކަމަށާއި އޭގެތެރެއިން 11 މީހަކު ވަނީ މަރުވެފައި ކަމަށެވެ. ބާކީތިބި ބަލިމީހުން މިހާރުވަނީ އެހެން ހޮސްޕިޓަލަކަށް ބަދަލުކޮށްފައެވެ.

އިއްޔެގެ ވަގުތެއްގައި ހިނގާދިޔަ މިހާދިސާގައި އައިސީގައި ފަރުވާދެމުން ގެންދިޔަ 25 ބަލިމީހުންގެ ތެރެއިން ގިނަ ބަޔަކު ވަނީ މިހާދިސާގައި ސީރިޔަސް އަނިޔާތަކެއް ލިބިފައެވެ. ބައެއް މީހުން ވަރަށް ބޮޑަށް ފިހުނުއިރު ދެންތިބި މީހުންނަށްވެސް ވަނީ އަނިޔާވެފައެވެ.

އަލިފާން ރޯވާން ދިމާވި ސަބަބެއް އަދިވެސް ނޭގޭ ކަމަށެވެ. މިމައްސަލަ އިންޑިޔާގެ ކަމާބެހޭ ބަރާތުން ދަނީ އިތުރަށް ތަހުޤީގުކުރަމުންނެވެ.

ތަފާސް ހިސާބުތަކަށް ބަލާލާއިރު މިއަހަރުތެރޭގައި އިންޑިޔާގައި އަލިފާނުގެ ހާދިސާ ވަރަށް ގިނައެވެ. އެގޮތުން ބަލާލާއިރު މިއަހަރު އޭޕްރީލް މަހުގައި މުމްބާއީގެ ރަށްބޭރުގައި ހުންނަ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 13 މީހަކު މަރުވެފައިވާއިރު ޖެހިގެން އައި މެހިމަހު އިންޑިއާގެ ހުޅަނގުގައި ހުންނަ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 16 ބަލިމީހުން ވަނީ މަރުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!