ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އެދުމަށް މާދަމާ ރާއްޖެއާއި ލަންކާ ކުޅޭ މެޗުގެ ޓިކެޓް އަގުހެޔޮކޮށްފި ކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
ދާދި ދެންމެއަކު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ސޯލިހުގެ އެދުމުގެ މަތިން ޓްރޮފީ ފޯ ނޭޝަންސް ކަޕްގައި ލަންކާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗަށް ދިވެހި ސަޕޯޓަރުންނަށް ވިއްކާ ޓިކެޓްގެ އަގު 3000 ލަންކާ ރުޕީސް (231 ރުފިޔާ) އަށް ބަދަލުކޮށްފައިވާ ކަމަށެވެ. މީގެ ކުރިން ޓިކެޓެއް ވިއްކަން ހަމަޖެހިފައިވަނީ 5000 ލަންކާ ރުޕީސް (385 ރުފިޔާ)އަށެވެ.
On the request of HEP @ibusolih I just spoke with the President of @OfficialFFSL Jaswar Umaru and they have decided to sell tickets to Maldivians for Rupees 3000 ($15) from another pavilion in Stadium.
Thank you Minister @RajapaksaNamal & FA President Jaswar.
🇲🇻⚽️🇱🇰— Ahmed Mahloof (@AhmedMahloof) November 7, 2021
މާދަމާ ފެށުމަށް ހަމަޖެހިފައިވާ ޓްރޮފީ ފޯ ނޭޝަންސް ކަޕްގެ ފުރަތަމަ މެޗުގައި ރާއްޖެއާ ދެކޮޅަށް ލަންކާ ކުޅެން ހަމަޖެހިފައިވާއިރު ދިވެހި ސަޕޯޓަރުންނަށް ޓިކެޓް ވިއްކުމަށް ހަމަޖެހިފައި ވަނީ ލަންކާގައި ހުންނަ ދިވެހި އެމްބަސީއާއި ކޮލަމްބޯގައި ހުންނަ ދިވެހި އިޖުތިމާޢީ މަރުކަޒުންނެވެ.
މެޗުތައް ކުޅެން ހަމަޖެހިފައިވަނީ ސްރީލަންކާގައެވެ. ސްރީލަންކާ ދިވެހިރާއްޖޭގެ އިތުރުން ބަނގްލަދޭޝްއާއި ސީޝެލްސްވެސް މިމުބާރާތުގައި ބައިވެރިވެފައިވެއެވެ.
މާދަމާގެ މެޗަށް ދިވެހި ސަޕޯޓަރުންނަށް ޓިކެޓް އަގުހެޔޮކޮށްދިނީތީ މަހުލޫފްވަނީ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އަށާއި މަހިންދަ ރާޖަޕަކްސަ އަށް ޝުކުރު އަދާކޮށްފައެވެ.