ގއ.ވިލިނގިލީ މަސްދޯންޏެއް ކޮންޓްރޯލްނުވެ ގޮސް ކޫއްޑޫ ޖެޓީގެ މައްޗަށް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
“ކަރަވައްތަ” ނަމަކަށް ކިޔާ މިމަސްދޯނި ކޮންޓްރޯލްނުވީ ދޯނީގެ ގިޔަރު ފެއިލް ވެގެން ކަމަށާއި މިހާދިސާގެ ސަބަބުން ދޯންޏަށް އެކިވަރުގެ ގެއްލުންތައް ލިބުނުކަމަށް ކޫއްޑޫން ވާހަކަދެއްކި މީހަކު މަސްވެރިންގެ މީޑިޔާއަށް މައުލޫމާތުދީފައިވެއެވެ.
އެދޯނީގެ ކެޔޮޅުމީހާއާ ހަވާލާދީ އެމީހާ ބުނިގޮތުގައި ދޯނި ކޫއްޑޫ ފަޅުތެރެޔަށް ވަންނަން އަންނަނިކޮށް ގިޔަރު ކަނޑާލާފައި ފަހަތަށް ހިފާލުމުން ދޯނި ދިޔައީ ކުރިޔަށް ކަމަށާއި އެހިސާބުން ގިޔަރު ފެއިލްވިކަން އެގުނު ކަމަށެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވެއެވެ.