ކުޑަކުއްޖެއްގެ ގައިގައި ކޯނަކުން ޖެހި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މަންޒަރުދުށް މީހަކު މީޑީޔާއަށް މައުލޫމާތުދިން ގޮތުގައި ސައިކަލުގައި އައި މީހަކު މަގުމަތީގައި ބަހައްޓާފައި ހުރި ޓްރެފިކް ކޯނެއް ނަގާ އެއްލާލީ އަންހެނަކާ ދިމާލަށް ކަމަށާއި އެވަގުތު އެއަންހެންމީހާ ހުރީ ތިން ހަތަރު އަހަރުގެ ކުޑަކުއްޖެއް އުރާލައިގެން ކަމަށެވެ. އެމީހާ އެއްލާލި ކޯނުގޮސް ޖެހުނީ އެކުއްޖާގެ ބޮލުގައެވެ.
މިހާދިސާ ހިނގާފައިވަނީ ހެންވޭރު ސަހަރާ ކައިރީގައެވެ.
އެވަގުތު އެސަރަހައްދުގައި ތިބި މީހުން ކޯނު އެއްލާލި މީހާ ހިފަހައްޓާ ފުލުހުންނާ ހަވާލުކުރިކަމަށް މަންޒަރު ދުށް މީހުން މައުލޫމާތުދިނެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ލިބޭގޮތެއް ނުވިއެވެ.