އެހެން އަހަރު ތަކެކޭވެސް އެއްފަދައިން ރަށުން ބޭރު 2 ކުޅުންތެރިންނަށް ކުޅެވޭ ގޮތަށް ފުރުސަތު ދިނުމާއި ބައިވެރިވިވާ ޓީމްތަކަށއ ޖާޒީއާއި ބޯޅަ ހިލޭ ދޭ ގޮތަށް ހަވަރު ސްޕޯޓްސް އިން ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުވަދު އަތޮޅަށް ހުޅުވާލައިފިއެވެ.
ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ހަވަރު ސްޕޯޓްސްގެ ނައިބު ރައީސް މުހައްމަދު ޔާސިރު ވިދާޅުވީ އަންނަ ޑިސެމްބަރ 25 ގައި ފެށުމަށްޓަކައި ތާވަލު ކޮށް މިއަދު އެ ޖަމްޢިއްޔާ އިން ހުޅުވާލި ފުރުސަތު ރަސްމީ ކޮށް އިޢުލާން ކުރުންއޮތީ މި މަހުގެ 15 ގައި ތިނަދޫ ބާއްވާ ތިނަދޫ ކައުންސިލް ހަވަރު ފުޓްސަލް އޮފީސް މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ކަށާއި މިއީ އެ ޖަމްޢިއްޔާ އިން ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށެވެ.
މީގެ ކުރިން ވެސް މިފަދަ ކާމިޔާބު މުބާރާތެއް ބާއްވަމުން އަންނަ ހަވަރު ސްޕޯޓްސްގެ މި މުބާރާތް ވެސް ކުރިޔަށް ދާނީ ތިނަދޫ ގައި ކަމަށް ހަވަރު ސްޕޯޓްސްގެ ނައިބު ރައީސް މުހައްމަދު ޔާސިރު ވިދާޅުވިއެވެ.
އެންމެ ފަހުން މީގެ ބޮޑު މުބާރާތެއް ހަވަރު ސްޕޯޓްސްއިން ބާއްވާފައިވަނީ 2020 ވަނަ އަހަރުއެވެ.
ހަވަރު ސްޕޯޓްސް 2010 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ޔޫތު ކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިިއަން ކަން ހޯދީ ތިނަދޫ ނޯ ޗޮއިސް އެވެ.