އާއިލާ މީހަކު ދޭންޖެހޭ ފައިސާތަކެއް ނުދީގެން 13 އަހަރުގެ އަންހެން ކުއްޖަކު ރަހީނުކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި 13 އަހަރުގެ އަންހެން ކުއްޖާ ރަހީނުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.
ފުލުހުން ބުނީ، ރޭގެ ވަގުތެއްގައި 13 އަހަރުގެ އަންހެން ކުއްޖަކު ރަހީނުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި މިއަދު ހެނދުނު 06:17 ގައި އެކުއްޖާ ހޯދާފައިވާ ކަމަށެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދީފައިނުވެއެވެ. ފުލުހުން ބުނީ މިމައްސަލަ މިހާރު ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.