ޚަބަރު
ދެ ކޮޅިގަނޑެއްގެ ސަބަބުން ކުރިއަށް އޮތް 3 ދުވަހު ރާއްޖެއަށް ވައިގަދަވެ ކަނޑުގަދަވާނެ

ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އާންމު ވައިގަދަވުމާއެކު ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ، ރާއްޖެއާ ދުރުން އަރަބި ކަނޑާއި ބޭ އޮފް ބެންގަލް ގައި އުފެދިފައިވާ ދެ ކޮޅިގަނޑެއްގެ ސަބަބުން ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އާންމު ވައިގަދަވުމާއެކު ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެހެން ކަމުން ދަތުރު ފަތުރުކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވެ، ދަތުރު ކުރުމުގައި ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ޔަގީން ކުރުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން އެދިފައިވެއެވެ.

އަރަބި ކަނޑާއި ބޭ އޮފް ބެންގަލް ގައި އުފެދިފައިވާ ކޮޅިގަނޑުގެ އަސަރު އިންޑިއާއަށް ކުރަމުންދާއިރު ބައެއް ސަރަހައްދު ތަކުން ރައްކާތެރި ސަރަހައްދުތަކަށް މީހުން ބަދަލު ކުރަމުން ދާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ..

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!