ޚަބަރު
ބަޖެޓް ތަންފީޒު ކުރުމުގައި ފެނިގެންދަނީ ސަރުކާރުގެ ތަފާތުކުރުންތައް: ޒާހިރު

ބަޖެޓް ތަންފީޒު ކުރުމުގައި ފެނިގެންދިޔައީ މިސަރުކާރުން ގެންގުޅޭ ތަފާތުކުރުމުގެ ސިޔާސަތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

މަޖުލީހުގައި މިއަދު ބޭއްވުނު އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ފޮނުވާފައިވާ ދައުލަތުގެ ބަޖެޓްގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ޒާހިރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ގެންގުޅޭ ތަފާތުކުރުމުގެ ސިޔާސަތަކީ ވަރަށް ވިޔާނުދާ ސިފައެއް ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓުން ފެނިގެން ދިޔައީވެސް ތަފާތުކުރުން ކަމަށާއި ދާއިރާތައް އެކި ފަންތިތަކަށް ބަހާލުމުން އެއީ އަދި ރީތި ގޮތެއް ނޫން ކަމަށް ޒާހިރު ވދާޅުވިއެވެ. ބަޖެޓް އެކުލަވާލުމުގައި ހަމަހަމަކަން ގެންގުޅުމަށް ޒާހިރު ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން ފާއިތުވީ ދެއަހަރުގައިވެސް ބަޖެޓް އެކުލަވާލި ގޮތް ކަމުނުދާކަމަށާއި ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވި އިޤްތިސާދީ ދަތިތަކުން އަރައިގަތުމަށްޓަކައި ރައްޔިތުންގެ މަޖުލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ރައްޔިތުންގެ މަޖުލީހުގެ މެމްބަރުންގެ މިންނެތް މަސައްކަތް ހިމެނޭ ކަން ޒާހިރު ފާހަނގަކޮށްލިއެވެ.

ޒާހިރު އިތުރަށް ވިދާޅުވީ ބަޖެޓެއް ރީތިވަނީ އެކުލަވާލެވިފައި އޮންނަ ގޮތަކަށް ނޫން ކަމަށާއި ބަޖެޓް ރީތި ވާނީ އެ ބަޖެޓެއް ތަންފީޒު ކުރެވޭ ގޮތަކުން ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!