ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ.
މިއަދު ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. އަދި ކޮވިޑް ބައްޔައް ފަރުވާހޯދަމުން ދަނިކޮށް ނިޔާވީ ކޮން އުމުރެއްގެ މީހެއްކަން އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.
މީގެ ކުރިން މި މަހުވެސް ހުޅުމާލެ ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކާއި، އައްޑޫ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ވަނީ ނިޔާވެފައެވެ.
މިއާއެކު ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު ވަނީ 246 އަށް އަރައިފައެވެ.