ޚަބަރު
އުފަންދުވަސް ފާހަގަކުރުމުގެ ޙުކުމަކީ ކޮބާ؟

އުފަންދުވަސް ފާހަގަކުރުމާއި އެފަދަ ޙަފްލާތަކަށް ދިޔުމުގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟ އެފަދަ ދަޢުވަތެއް ލިބިއްޖެނަމަ އެ ދަޢުވަތަށް އިޖާބަ ދޭން ޖެހޭނެ ހެއްޔެވެ؟

ޖަވާބު: ޤުރުއާނާއި ސުންނަތުގެ ޝަރުޢީ ދަލީލުތަކުން އެނގިގެންދާ ގޮތުގައި އުފަންދުވަސްތައް ފާހަަގަކުރުމަކީ ދީނަށް އަލަަށް ތަޢާރަފުކުރެވިފައިވާ ބިދުޢަތަކެވެ. އަދި އެއީ އިސްލާމީ ޝަރީޢަތުގައި އެކަމުގެ އެއްވެސް އަޞްލެއް ނުވާ ކަންތައްތަކެވެ. އެފަދަ ތަނަކަށް ދިޔުމަށް ދަޢުވަތު ދީފިނަމަ އެދަޢުވަތަށް އިޖާބަދިނުން ހުއްދަވެގެންނުވެއެވެ. އެއީ އޭގެ ސަބަބުން ބިދުޢަތަކަށް ހިތްވަރުލިބި ބާރުލިބިގެން ދާތީއެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿أَمْ لَهُمْ شُرَكَاءُ شَرَعُوا لَهُم مِّنَ الدِّينِ مَا لَمْ يَأْذَن بِهِ اللَّـهُ﴾ [سورة الشورى 21]

މާނައީ: ” ނުވަތަ ﷲ އިޛުނަދެއްވާފައިނުވާ ދީނެއް، އެއުރެންނަށް، ޝަރުޢުކޮށް ކަނޑައަޅައިދިން ޝަރީކުންތަކެއް އެއުރެންނަށް ވޭހެއްޔެވެ؟”

އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.

﴿ثُمَّ جَعَلْنَاكَ عَلَىٰ شَرِيعَةٍ مِّنَ الْأَمْرِ فَاتَّبِعْهَا وَلَا تَتَّبِعْ أَهْوَاءَ الَّذِينَ لَا يَعْلَمُونَ﴾ [سورة الجاثية 18-19]
މާނައީ: “ދެން ތިމަންއިލާހުގެ ދީނުގެ ކަންތަކުގައި (ފާޅުވެގެންވާ) ޝަރީޢަތެއްގެ މަތީގައި ކަލޭގެފާނު ލެއްވީމެވެ. ފަހެ، ކަލޭގެފާނު އެޔަށް ތަބާވެވަޑައިގަންނަވާށެވެ! އަދި ނުދަންނަ މީހުންގެ އެދުންތަކަށް ކަލޭގެފާނު ތަބާވެވަޑައި ނުގަންނަވާށެވެ!”

އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.

﴿ اتَّبِعُوا مَا أُنزِلَ إِلَيْكُم مِّن رَّبِّكُمْ وَلَا تَتَّبِعُوا مِن دُونِهِ أَوْلِيَاءَ ۗ قَلِيلًا مَّا تَذَكَّرُونَ ﴾ [سورة الأعراف 3]

މާނައީ: ” ތިޔަބައިމީހުންގެ ވެރިރައްބުގެ ޙަޟްރަތުން، ތިޔަބައިމީހުންނަށް ބާވައިލެއްވި ފޮތަށް ތިޔަބައިމީހުން ތަބާވާށެވެ! އަދި އެއިލާހު ފިޔަވައި، އެހެން އެހީތެރިންތަކަކަށް ތަބާނުވާށެވެ! ތިޔަބައިމީހުން ހަނދުމަކުރަނީ، ވަރަށްވެސް މަދުންނެވެ.”

އަދި ރަސޫލާ صلى الله عليه وسلم ގެ އަރިހުން ޞައްޙަކޮށް ޘާބިތުވެފައިވެއެވެ.

((مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا، فَهُوَ رَدٌّ))[ أخرجه مسلم في صحيحه،]

މާނައީ: “ތިމަންކަލޭގެފާނު ގެންނެވިގޮތާ ޚިލާފަށް ޢަމަލުކުރާމީހާގެ ޢަމަލުވަނީ އޭނާއަށް ރައްދުވެގެންނެވެ”.

އަދިވެސް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

((فَإِنَّ خَيْرَ الْحَدِيثِ كِتَابُ اللهِ، وَخَيْرُ الْهُدَى هُدَى مُحَمَّدٍ، وَشَرُّ الْأُمُورِ مُحْدَثَاتُهَا، وَكُلُّ بِدْعَةٍ ضَلَالَةٌ))

މާނައީ: “ފަހެ ހަމަކަށަވަރުން އެންމެ ހެޔޮ ބަސްފުޅަކީ ﷲ ގެ ފޮތެވެ. އަދި އެންމެ ހެޔޮ ހިދާޔަތަކީ މުޙައްދަމުގެފާނުގެ ހިދާޔަތެވެ. އަދި ކަންކަމުގެ ތެރެއިން އެންމެ ނުބައި ކަންކަމަކީ އަލަށް ތަޢާރަފުކުރެވޭ ބިދުޢަތަކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ. “

މިމާނައިގައި އައިސްފައިވާ ޙަދީޘްތައް ގިނަގުނައެވެ.

އަދި ބުޚާރީއާއި މުސްލިމްގައި އައިސްފައިވާ ޙަދީޘެއްގެ (މާނައިގައި) ވެއެވެ. ތިޔަބައިމީހުންގެ ކުރީގެ މީހުންގެ ގޮތަށް ތިޔަބައިމީހުން ތަބާވާނެއެވެ. އެއީ ދުނިދަނޑީގެ ފަތްތައް އެއްގޮތްވެގެންވާ ފަދައިންނެވެ. އެބައިމީހުން ޟައްބެއްގެ ހޮރަށް ވަން ކަމުގައި ވިޔަސް ތިޔަބައިމީހުން އެކަމަށް ތަބާވާނެއެވެ. އެބޭކަލުން ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. ތަބާވަނީ ޔަހޫދީންނާއި ނަޞާރާއިންނަށް ހެއްޔެވެ؟ ޙަދީޘްކުރެއްވިއެވެ. “އެނޫން ކޮން ބަޔެއް ހެއްޔެވެ.”.

މިތަނުގައި “އެނޫން ކޮން ބަޔެއް ހެއްޔެވެ.” ގެ މުރާދަކީ މިޙަދީޘްގައި ނަންގަނެވިފައި މިވަނީ އެބައިމީހުންގެ ވާހަކަކަމެވެ.

ދެން ހަމަކަށަވަރުން މިބިދުޢަތަކަކީ ދީނުގައި އޭގެ އަޞްލެއް ނުވާ ކަންތައްތަކަށްވުމުގެ އިތުރަށް އެއީ ޔަހޫދީންނާއި ނަޞާރާއީންނާއި ވައްތަރުވެގަތުމެކެވެ. އެހެނީ އެބައިމީހުންނަކީ އުފަންދުވަސްތައް ފާހަގަކުރާ ބައެކެވެ. އެބައިމީހުންގެ ގޮތަށް ރައްކާތެރިވުމަށް އިންޛާރުދެއްވާ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

((مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ))

މާނައީ: “ބަޔަކު މީހުންނާ ވައްތަރުވެގެންފިމީހަކުވަނީ އެބައިމީހުންގެ ތެރެއިންނެވެ.”

މިމާނައިގައި އެންމެން ދަންނަ މަޝްހޫރު ގިނަ ހަދީޘްތަކެއް އައިސްފައިވެއެވެ.

وفق الله الجميع لما يرضيه.

ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒު ބިން ބާޒް رحمه الله

މަސްދަރު : ދިސަލަފިއްޔާ

 1. ަަނަން

  އިސްލާމް ދީނުގައި ހުކުމެއްނެތްކަމެއް އެއީ ބިދުޢަކަށް ހެދުން ބުއްދިވެރިތޯ؟ ތިކަމުގައި އިލްމުވެރިންގެ ރައުޔުކޮބާ؟ ފިގްޙު އިލްމުވެރިއެއްތޯ މިއާޓިކަލް ލިޔުއްވީ؟

  • ނަން ނޭނގޭ

   ދީނުގެ ކޮންމެ ވާހަކައެއް ދައްކާއިރަށް އެ ވާހަކައެއް ގަބޫލުކުރަން ނުޖެހޭ ގޮތަށް ސުވާލު އުފެއްދުމަކީ މިއަދު މުޖްތަމަޢުގެ އާދައަކަށްވެއްޖެ. މި ލިޔުމުގެ މަސްދަރާއި، ސުވާލަށް ޖަވާބު ދެއްވި ޝެއިޚްގެ ނަން ފެންނަން އެބައޮތް.