ޚަބަރު
ހައި ރިސްކް ގައިދީން އަނބުރާ ޖަލަށް ގެންދަން ނިންމާފައި ނުވާނެ ކަމަށް ކަރެކްޝަންސް އިން ބުނެފި

ހައިރިސްކް ގައިދީން އަނބުރާ ޖަލަށް ގެންދަން ނިންމާފައި ނުވާނެ ކަމަށް ކަރެކްޝަންސް އިން ބުނެފިއެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ގޯސްވެ ޖަލުތަކުގައިވެސް ކޮވިޑް ހަލުވިކަމާއެކު ފެތުރެމުން ދިޔުމާއެކު ހައިރިސްކު ގައިދީން ގެއަށް ބަދަލުކުރުމަށް ފަހު އަނބުރާ ޖަލަށް ބަދަލު ކުރުމަށް ނިންމާފައި އަދި ނުވާނެކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސް އަށް ދެއްވި ބަސްދީގަތުމެއްގައި މައުލޫމާތު ދެއްވަމުން ކަރެކްޝަންގެ މީޑިއާ އޮފިސަރު ވިދާޅުވީ ކޮވިޑާއި ގުޅިގެން ގެއަށް ބަދަލުކުރުވުނު ހުރިހާ ގައިދީންވެސް ޖަލަށް ބަދަލު ކުރެވޭނެކަމަށާއި، އެހެންނަމަވެސް ޖަލަށް ގައިދީން ބަދަލު ކުރުމަށް އަދި ވަކި ތާރީހެއް ކަނޑައަޅާފައި ނުވާކަމުގައެވެ.

ޖަލުތަކުގެ ކޮވިޑް ފެތުރެމުން ދިޔުމުގެ ސަބަބުން، ހައިރިސްކު ކެޓަގަރީގެ ތެރޭގައި ހިމެނޭ މީހުން ގެއަށް ބަދަލުކުރުމަށް ނިންމީ ކޮވިޑް ކޮންޓްރޯލް ކޮށް، ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުންކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

މުޅި ރާއްޖޭގައި ވަރަށް ހަލުވި ކަމާއެކު ކޮވިޑް ފެތުރިގެން ދިޔުމަށް ފަހު، މިހާރު ވަނީ ކޭސްތަކުގެ އަދަދު މަދުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!