ޚަބަރު
ބޮޑުކަންނެލީގެ އަގު ދަށަށް

ބޮޑު ކަންނެލި ކިލޯއެއްގެ އަގު 100 ރުފިޔާއަށް ދަށަށް ވެއްޓިއްޖެއެވެ.

މިއަހަރު އޭޕްރީލް މަހުގައި ބޮޑު ކަންނެލި ކިލޯއެއްގެ އަގު އުޅެނީ 100 ރުފިޔާއިން މަތީގައެވެ. އެހެންނަމަވެސް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ކޮންމެ ދުވަހަކުވެސް އާންމުކުރަމުންދާ އަގުތަކަށް ބަލާއިރު މިހާރުގެ އަގުތައް މިވަނީ ދަށަށް ގޮސްފައެވެ.

މިގޮތުން އެންސިސް، ސީޕްރިއާ، އޯޝަން ފްރެޝް އަދި އޯޝަން ހަންޓާއިން 30 ކިލޯއިން މަތީގެ ކަންނެލި ކިލޯއެއް 90 ރުފިޔާއަށް ވިއްކަމުުން ގެންދާއިރު ބިގްފިޝްއިން ކަންނެލި ކިލޯއެއް މިއަދު ގަންނަނީ 95 ރުފިޔާއަށެވެ. އެހެންނަމަވެސް ހިންމަފުށީގައި ހުންނަ އެމްކިޔޫއެސްއާއި ސީއެމްއެފްއިން ކަންނެލި ކިލޯއެއް އަދިވެސް ގަންނަނީ 100 ރުފިޔާއަށެވެ.

ފާއިތުވި 7 މަސް ދުވަހުގައި ކަންނެލި ކިލޯއެއް އުޅުނީ 100 ރުފިޔާ އާއި 120 ރުފިޔާ ދެމެދުގެ އަގެއްގައެވެ. އަދި މިއަހަރު ޖުލައި މަހު ކަންނެލި ކިލޯއެއް 125 ރުފިޔާއަށް ވަނީ އުފުލިފައެވެ. އެހެންކަމުން މިއީ ކަންނެލީގެ އަގު ދަށްވެގެން ދިޔަ ފުރަތަމަ ފަހަރެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!