ގދ.ތިނަދޫގައި ހުންނަ ޑރ.އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލުގައި އޮތް ހާލުދެރަ ބަލިމީހަކު، އާސަންދަ ހަމަނުުޖެހުމުން އަމިއްލަ ގޮތުން މާލެ ދިޔުމަށްޓަކައި ފުރަން ފްލައިޓަށް އެރުމުން ހާލު އިތުރަށް ގޯސްވެ އަބުރާ ހޮސްޕިޓަލަށް އަތުވެއްޖެއެވެ.
އާއިލާއިން މައުލޫމާތުދިން ގޮތުގައި ބަލިމީހާގެ ހާލު ވަރަށް ގޯސްކަމަށާއި ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް އިރުވެސް ކެއްސާފަ ހޮޑު އަދި ލޭވެސް އަންނަ ކަމަށެވެ. އެހެންނަމަވެސް އިތުރު ފަރުވާއަށް މާލެ ދިޔުމަށްޓަކައި އާސަންދަ ހަމަނުޖެހުނުކަން އޭނާ ފާހަނގަކުރިއެވެ.
“ހުވަދޫ”އަށް މައުލޫމާތުދެއްވަމުން އާއިލާއިން ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ ހޮސްޕިޓަލުން އާސަންދަ ނުދިނުމުން އަމިއްލަގޮތުން ޓިކެޓް ނަގައިގެން މާލެ ދާން ކާޑެއްދޫ އެއަރޕޯޓަށް ދިޔައީ ތަދު ކަނޑުވާ އިންޖޖެކްޝަނެއް ޖަހައިގެން ކަމަށާއި އެހެންނަމަވެސް ޗެކިންއަށް ވަންތަނުން ހާލު ދެރަވާން ފެށި ކަމަށެވެ.
“އެއަރޕޯޓުން އެންގީ ޑޮކްޓަރަކާއި ނަރުހެއް ނެތި ބަލިމީހާ ގޮވައިގެން ނުދެވޭނެ ކަމަށް. ދެން އަހަރެމެންނަށް ޖެހުނީ އަމިއްލަގޮތުން ލޯންޗެއް ހިފައިގެން އަނެއްކާ އަބުރާ ތިނަދޫއަށް އަންނަން. ކިހާ ދެރަ ކަންތައް މީ!” އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ބަލިމީހާ ކާޑެއްދޫ އެއަރޕޯޓަށް ގެންދިޔުމުން ކާޑެއްދޫގެ މުވައްޒަފުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުުމަށް އާއިލާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.
ޑރ.އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނާގޮތުގައި ބަލިމީހާގެ މާބޮޑު މައްސަލައެއް ނެތެވެ. އެހެންކަމުން އާސަންދަ ހަމަނުޖެހުނީއެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެބަލިމީހާއަކީ އެހޮސްޕިޓަލުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފެކެވެ.
މިކަމާއި ގުޅޭގޮތުން އެހޮސްޕިޓަލަށް ގުޅުމުން ފޯނު ނަގާފައިނުވާތީ ހޮޮސްޕިޓަލުގެ ބަހެއް އަދި ލިބޭގޮތެއް ނުވެއެވެ.
މިނިވަން ނޫސްވެރިކަމަކީ ދެފަރާތުގެ ބަސް ހިމަނައިގެން ނޫސްބަލާ ނުވަތަ ކިޔާމީހުންނަށް ސާފު ތެދުހަބަރުގެނެސްދޭންޖެހޭ ބަޔެއްކަމުގައި ވާޢިރު ދެފަރާތުގެ ބަސް ނެތި ހާއްސަކޮށް ހޮސްޕިޓާަލްތަކުން ފަރުވާދޭ ޕްރޮފެޝަނަލް ޑޮކްޓަރުންގެ ފަރުވާއަށް އަދި ނިންމާނިންމުމަށް މެޑިކަލް އެއްވެސް މައުލޫމާތެއްނެތް މީހަކު ހަބަރު ލިޔެ ރައްޔިތުންގެ އިތުބާރު ގެއްލުވާލަން މަސައްކަތްކުރުމަކީ ވަރަށް ދެރަކަމެއް. ނޫސް ހިންގަން ކިތަންމެ ބޭނުންވިޔަސް ޒާތީތައައްސުބުން އެކަހެރިވުން މުހިއްމު.
މަށަށް ތި ހޮސްޕިޓަލް އަށް މައްސަލަ ވެސް ޖެއްސޭނެ ތި ހޮސްޕިޓަލް އިން ކުރި އޮޕަރޭޝަނެއް ރަނގަޅަށް ސާފު ނުކޮށް ފަހާފަ ހުރީ.. އެތަން އިންފެކްޝަން ވެގެން މާލެ އިން ދެއްކީމަ އެނގުނީ ބޮލުގެ އިސްތަށިތައްވެސް އެތާ ހުރި