ޏ. ފުވައްމުލަކު ހޯދަނޑު އަވަށުގެ ވަނަވަރު ކިޔާ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ފުވައްމުލަކު ހޯދަނޑު އަވަށުގެ ވަނަވަރު ކިޔާ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ސަދަން ކޮމާންޑްގެ ފުވައްމުލަކު ފަޔަރ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިއަދު 10:43 ހާއިރު ކަމަށާއި މިހާރު އަލިފާން ނިއްވާލާފައިވާ ކަމަށެވެ. އަދި އަލިފާން ނިއްވާލެވިފައިވަނީ މިއަދު 10:55 ގައި ކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވިއެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށާއި، މިހާދިސާ ހިނގަން މެދުވެރިވި ސަބަބަކީ ފަންކާއެއްގެ ޑިމަރުގައި ރޯވެގެން ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވިއެވެ.