ޚަބަރު
ސިއްހީ ދާއިރާ ބަލިކަށިވުމުގެ އަސްލަކީ ހެލްތު މިނިސްޓްރީ އިން ހުރިހާ ކަމެއް އަމިއްލަ އަށް ވާނެ ކަމަށް ގަބޫލުކުރުން – އާރމް

ހެލްތް މިނިސްޓްރީން ހިންގާ ހޮސްޕިޓަލްތަކާ ސިއްޚީ މަރުކަޒުތަކަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފެންވަރު ރަނގަޅު ސިއްޚީ ހިދުމަތްތެރިން ނެތުން ކަމަށާއި، މިކަމުގެ އަސްލަކީ ރާއްޖޭގެ ޕްރައިވެޓް އެޖެންސީތަކުން ކުރަމުން އައި ރެކްރޫޓްމަންޓް ހުއްޓާލުވާ މިނިސްޓްރީއިން ޑައިރެކްޓް ރެކްރޫޓްމަންޓް ނަމުގައި އަމިއްލައަށް އެކަން ކުރަން އުޅުން ކަމުގައި އެކްސަސް ރެކްރޫޓްމަންޓް މޯލްޑިވްސްގެ ޑިރެކްޓަރ ސައްދާމް އަލީ ވިދާޅުވެއްޖެއެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން އާރމްގެ ޑިރެކްޓަރ ސައްދާމް ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބުތަކުން ޑޮކްޓަރުން ނެތިގެން ޝަކުވާ ކުރާ ކަމަށާއި މިކަން މިގޮތަށް މިވީ އެޖެންސީތަކުން ކުރަމުން އައި ރެކްރޫޓްމަންޓް މެދުކަނޑާލުމުން ކަމަށެވެ.

މިހާރުގެ ހެލްތު މިނިސްޓަރ އަހުމަދު ނަސީމް މަގާމާއި ހަވާލުވި އިރު 10 ދިވެހި އެމްޕްލޯއިމަންޓް އެޖެންސީއަކުން ކުރަމުން ގެންދިޔަ ޕްރޮފެޝަނަލް ރެކްރޫޓްމަންޓު ހުއްޓާލުމުން، ޑޮކްޓަރުންނާއި ކުރަމުން ގެންދިޔަ ނެގޯޝިއޭޝަންތައް އެޖެންސީ ތަކުން ހުއްޓާލާފައިވާ ކަމަށެވެ. ކޮންސަލްޓަންޓް ޑޮކްޓަރުން ގެނައުމަކީ އެއް ހަފްތާ ނުވަތަ ދެހަފްތާއިން ވާ ކަންކަމެއް ނޫން ކަމަށާއި ސަބަބަކީ އެ މީހުންނަކީ ބޮޑެތ ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރަމުން ގެންދާ މީހުން ކަމަށެވެ. އެހެން ވުމުން މަސައްކަތް ކުރާ ހޮސްޕިޓަލްތަކުން ވަކިވުމަށް ނޯޓިސް ޕީރިއަޑެއް ދޭން ޖެހޭ ކަމަށެވެ. އަދި މިހާރު ބްރޭކެއް ނެގުމަށްފަހު އަލުން ފެށުމުން އެޖެންސީތަކުން ވެސް ޖެހުނީ އަލުން މަސައްކަތް ފަށަން ކަމަށްވެސް ސައްދާމް ވިދާޅުވިއެވެ.

ސައްދާމް އިތުރަށް ވިދާޅުވީ، ބިދޭސީއަކު އޭނާގެ އާއިލާ އާ ގެދޮރު ދޫކޮށް އެހެން ގައުމަކަށް ގޮސް މަސައްކަތް ކުރަނީ އެމީހުންގެ ގައުމުގަ ލިބޭ މުސާރައާ އިނާޔަތްތަކަށްވުރެ ބޮޑު އެއްޗެއް ލިބޭނެ ކަމަށް ނިންމައިގެން ކަމަށާއި ނަމަވެސް ހެލްތު މިނިސްޓްރީގަ މަސައްކަތް ކުރާ ބިދޭސީންނަށް މުސާރަ ދެމުންގެންދަނީ ދިވެހި ފައިސާއިން ކަމަށެވެ. އަދި އެކަމަޑޭޝަން އެލަަވަންސްގެ ގޮތުގައި މިނިސްޓްރީއިން ކަނޑައަޅާފައި އޮންނަ އަދަދަށް ރައްރަށުން  އެކަމަޑޭޝަން ނުލިބޭއިރު މުސާރައިން ކުލި ހަމަޖައްސައިގެން ބާކީ އޮންނަ އެއްޗެއް ގައުމަށް ފޮނުވުމަށް ޑޮލަރު ހޯދަން ޖެހެނީ ކަޅު ބާޒާރުގަ އަގުބޮޑުކޮށް ކަމަށެވެ. ހަމަ އެކަނި އިންޑިއާ މީހުންނަށް މުސާރައިގެ ވަކި ބައެއް ބޭންކް ރޭޓުގައި އެމީހުންގެ ގައުމަށް ފޮނުވުމުގެ ފުރުސަތު އޮންނައިރު އިންޑިއާގެ ސިއްޚީ ހިދުމަތްތެރިން  ރާއްޖެ އަށް އަންނަ ވަރަށް ވުރެން ރާއްޖޭގައި މިހާރު ހަމަޖައްސާފައިވާ މުސާރަ ކުޑަ ކަމަށްވެސް ސައްދާމް ވިދާޅުވިއެވެ.

“ބޭރުން ޑޮކްޓަރުން ރެކްރޫޓް ކުރާއިރު އެއްބަސް ވެވޭ ގޮތާ ރާއްޖެ އައުމަށްފަހު ކަންތައް ވެގެންދާގޮތްވެސް ވަރަށް ތަފާތު. އެފަދަ ކަންތައްތަކުގެ ސަބަބުން އެމީހުން ތިބެނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ. ފަރުވާކުޑަކުރުމުން ގެއްލުންތަކާ ކުރިމަތިވެ ހިތާމަކުރަން ޖެހެނީ ދިވެހިރައްޔިތުން. ސައްދާމް

ޔޫނިއަން ފޮރ އެމްޕްލޯއިމަންޓް އެޖެންސީސް އޮފް ދަ މޯލްޑިވްސްގެ ރައީސްކަންވެސް ކުރައްވާ ސައްދާމް ވިދާޅުވީ، ރާއްޖޭގެ އެކި ހޮސްޕިޓަލްތަކުގައި މުހިންމު ދާއިރާތަކުން ޑޮކްޓަރުން ނެތިގެން އުޅޭކަން އެނގޭ ކަމަށާއި އެކަން ހައްލުކުރަން މިނިސްޓްރީ އޮފް ހެލްތުން ރަނގަޅު އުސޫލެއް ހަދައި ދިވެހި އެޖެންސީތަކަށް ރެކްރޫޓް ކުރެވޭނެ ކަހަލަ މާހައުލެއް ގާއިމުކޮށްދޭން ގޮވާލާ ކަމަށެވެ.

ރާއްޖޭގެ ބައެއް ރީޖަނަލް ހޮސްޕިޓަލްތަކާ އަތޮޅު ހޮސްޕިޓަލްތަކުގެ ޑޮކްޓަރުން މަދުވުމާއި ފެންވަރު ދަށް ޑޮކްޓަރުން ތިބުމުގެ ސަބަބުން ތަފާތު މައްސަލަތައް އަންނަނީ ގިނަވަމުންނެވެ. ބައެއް ސަރަހައްދުތަކުގައި މުޅި އަތޮޅުގައި ހޭނައްތާ ޑޮކްޓަރެއްވެސް ނެތުމުން އެކަންވެސް ވަނީ ބޮޑު މައްސަލައަކަށްވެ ރައްޔިތުންގެ ކަންބޮޑުވުމަކަށް ވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!