ޑައިވްކުރުމުގައި ޑީކޯވާ މީހުންނަށް ފަރުވާދޭނެ ހައިޕާބެރިކް ޗެމްބަރއެއް ކަޑިންމަ ރިސޯޓުގައި ޤާއިމުކޮށްފިއެވެ.
ދ.އަތޮޅުގައި ހިންގާ ކަޑިންމަ ރިސޯޓުގައި ޤާއިމުކުރެވުނު މިޗެމްބަރ އަކީ އެސަރަހައްދުގެ އެހެން އަތޮޅުތަކުގެ ރައްޔިތުންނަށްވެސް އަދި ރިސޯޓުގެ ގެސްޓުންނާއި މުވައްޒަފުންނަށް ވަރަށް ފައިދާ ކުރުވަނިވި ތަނެއް ކަމަށް ކަޑިންމަ ރިސޯޓުން ބުނެއެވެ.
މިއީ މާލޭގެ ދެކުނުގައި ޤާއިމުކުރެވުނު ފުރަތަމަ ޗެމްބާއެވެ.
މިޗެމްބާރ އޮޕަރޭޓް ކުރާ ފަރާތްކަމަށްވާ އަލީ ޒުބައިރު ވިދާޅުވީ ރާއްޖޭގެ ދެކުނުގައި ޑީކޯވާ މީހުންވެސް ފަރުވާދޭނެ ޗެމްބަރއެއް ނެތި އަވަސް ފަރުވާ ނުލިބުމުގެ ސަބަބުން ބައެއް މީހުން މަރުވެފެފައިވާ ކަމަށާއި ޑީކޯވާ މީހާ ފަރުވާއަށް މާދުރު ހިސާބަކަށް ދަތުރުކުރަން ޖެހުމުން ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ.
ކަޑިންމަ ރިސޯޓުގައި ޤާއިމުކުރެވުނު ޗެމްބާއިން ޚިދުމަތް ހޯދުމުގައި އިންޝުއަރެންސް ބޭނުންވެއެވެ. މިއީ ރާއްޖޭގައި ޤާއިމުކުރެވުނު ހަތަރުވަނަ ހައިޕާބެރިކް ޗެމްބަރއެވެ.
ހައިޕަރބެރިކް ޗެމްބާރއަކީ މަސްވެރިކަމުގައި ނުވަތަ ފަތުރުވެރިކަމުގައި ޑައިވިން ކުރަން އުޅޭ މީހުން ޑީކޯވުމުން ފަރުވާ ދިނުމަށް ތައްޔާރުކުރެވިފައިވާ ހާއްސަ ޗެމްބާރއެކެވެ. ޑީކޯވާ މީހުން ހައިޕަބެރިކް ޗެމްބަރަށް ލުމަށްފަހު އެމީހާގެ ހަށިގަނޑަށް ބޭނުންވާ 100 ޕަސެންޓް އޮކްސިޖަން ފޯރުކޮށްދެއެވެ. އަދި ނައިޓްރޮޖެން ގޭސް ބޭރުވަންދަން ގިނަ އިރުތަކެއް ވަންދެން ޗެމްބަރު ތެރޭގައި މީހާ ބާއްވާނެއެވެ.
ދ އަތޮޅު އެއީ ދެކުނު؟؟؟؟