ފުލުހެއްގެ މޭމަތީ ފައިން ޖެހި މީހަކު ޖަލަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މިދިޔަ ޖޫލައި މަހުގެ 16 ވަނަ ދުވަހު މެންދުރެއް ހާއިރު ހިނގި މި ކަމަކާ ގުޅިގެން ލ. ކަލައިދޫ ހަސަން ޒިޔާދުގެ މައްޗަށް ދައުލަތުން އުފުލީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ.
ހަސަން ޒިޔާދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްޔެކޮށްފައިވާ ހުކުމުގައި ބުނެފައިވާ ގޮތުގައި މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހު ދަންވަރު 1:30 ހާއިރު ސްޕެޝިއަލް ކޮންސްޓަބްލަރީ ފުލުހެއް ހުޅުމާލެ ޕޮލިސް ގަރާޖް ކައިރީގައި ހުއްޓައި، ކަނާއަތު ފައިން ފުލުސްމީހާގެ މޭމަތީގައި ޖެހުމުން، އޭނާއަށް އަނިޔާވެފައި ވާތީކަމަށެވެ.
އަދި މި ދަޢުވާގެ އިބްތިދާއީ އިބްތިދާއީ މަރުޙަލާގައާއި، އަވަސްނިޔާގެ ޝަރީޢަތުގެ މަރުޙަލާގައި ޙަސަން ޒިޔާދު ވަނީ ކުށަށް އިޢުތިރާފްވެފައިކަމަށް ވެސް ކުރިމިނަލް ކޯޓުން ކުރި ހުކުމްގައި ވަނީ ފާހަގަކޮށްފައެވެ. އެހެންވެ މައްސަލަ ނިންމީ އަވަސް ނިޔާގެ ދަށުންނެވެ. އެއީ ކުށަށް އިއުތިރާފް ވުމުން ޝަރީއަތުގެ އިތުރު މަރުހަލާއެއް ނުގެންގޮސް ކުށުގެ އަދަބު ކަނޑައެޅުމެވެ.
ފުލުހުންނަށް އަނިޔާކުރުމުގެ މައްސަލަތައް ދޭތެރެ ދޭތެރެއިން ހުށައެޅެއެވެ. އަދި މިފަދަ މައްސަލަތަކުގައި ބައެއްފަހަރު މީހުންނަށް ހުކުމް ކުރެވި އަދަބު ވެސް ދެވެއެވެ.