ޚަބަރު
ކުރިއަށް އޮތް ތިން ދުވަހުގެ ރޭގަނޑު ކުދި އުޅަނދުތައް ދަތުރު ނުކުރުމަށް ސިފައިން އިލްތިމާސް ކޮށްފި

މޫސުމާއި ބެހޭ ގައުމީ އިދާރާއިން، ކުރިއަށް އޮތް 3 ދުވަހު ރާއްޖެ ސަރަހައްދުގައި ވައިގަދަވުމާއެކު ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވާތީ އެދުވަސްތަކުގެ ރޭގަނޑުގެ ވަގުތުގައި ކުދި އުޅަނދުތައް ދަތުރު ނުކުރުމަށް ދިވެހި ސިފައިން އިލްތިމާސް ކޮށްފިއެވެ.

އެގޮތުން ކަނޑުދަތުރު ކުރައްވާއިރު މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯއްދެވުމަށްފަހު ދަތުރުތައް ރޭވުމަށްވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި އަދި އުޅަނދުގައި ލައިފްޖެކެޓާއި ސަލާމަތީ ވަސީލަތްތައް ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަ ހިއްކުމަށް ސަމާލުކަން ދިނުމަށް ދަންނަވާ ކަމަށްވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފައެވެ.

ރާއްޖޭގެ މޫސުން ގޯސްވެ މިދުވަސްކޮޅު އެކި ސަރަޙައްދުތަކަށް ވިއްސާރަ ކުރުމާ ވެސް އެކީ، ބޮޑު ބަޔަކަށް ވަނީ މިއަދު ހަވީރު 3:50 އިން މިރޭ 9:00 އަށް ރީނދޫ ސަމާލު ނެރެފައެވެ.

އެގޮތުން މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ރީނދޫ ސަމާލު ނެރެފައިވަނީ ނ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ.

މެޓް އޮފީހުން ބުނީ މި ސަރަހައްދުތަކުގައި ހިމެނޭ ރަށްތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާ ކޮށްފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!