ކޮވިޑް-19 ގެ ގިނަ ކޭސްތަކެއް ފެންމަތިވުމާއި ގުޅިގެން ރަށުތެރޭގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިއުމަށްޓަކައި ގއ.ކަނޑުހުޅުދޫ ކައުންސިލްގެ ހުއްދަ ނެތި އެރަށުތެރޭގައި އުޅުން މަނާ ކޮށްފިއެވެ.
ވިލިނގިލީ ކައުންސިލުން މިއަދު ކަނޑުހުޅުދޫ ކައުންސިލަށް އަންގާފައިވާ އެންގުމުގައިވާ ގޮތުން ރޭގަނޑު 9ން ފަތިހު 4 ކައުންސިލްގެ ހުއްދައަކާއި ނުލައި ބޭރުތެރޭގައި އުޅުން މަނާ ކަމަށެވެ.
މީގެ އިތުރުން ހޮޓާ ރެސްޓޯރެންޓް އާއި ފިހާރަތައްވެސް އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ރޭގަނޑު 9 ޖަހަންދެން ހުޅުވާފައި ބެހެއްޓުމަށާއި ކާފިއު ގަޑީގައި ޑެލިވަރީ ކުރުމުގެ ހުއްދަ ވަނީ ދީފައެވެ. ކަނޑުހުޅުދޫގައި ރަށު ކައުންސިލްގެ ބެލުމުގެ ދަށުން ކާފިއު އިޢުލާން ކޮށް ކޮވިޑް ޙާލަތު ކޮންޓްރޯލު ކުރުމަށް ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާއިރު މީގެ 4 ދުވަސް ކުރިން އެރަށުން ގިނަ އަދަދެއްގެ މީހުން ކޮވިޑް19 އަށް ފައްސިވެ ރަށް އޮތީ މޮނީޓަރިންގ ހާލަތަށް ގެނެސްފައެވެ.
މިވަގުތު އެ ރަށުގައި 30 މީހަކު ކޮވިޑް-19 އަށް ފައްސިވެ ފަރުވާދެމުން އެބަގެންދެއެވެ.
މިއީ ހުވަދު އަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ މޮނިޓަރިންގއަށް ލެވުނު 2 ވަނަ ފަހަރެވެ. މީގެ ކުރިން އެރަށް މޮނީޓަރިންގއަށް ލުމުން އާންމު ޙާލަތަށް ގެނެވުނީ ވިލިނގިލީ އަތޮޅު ހޮސްޕިޓަލުން ގިނަ ގުނަ މަސައްކަތްތަކެއް ކޮށްގެންނެވެ.