ގދ.ފަރެސްމަތޮޑާ ކައުންސިލްގެ ފުޓްސަލް ޗެލެންޖް މި ފެށޭ ޑިސެމްބަރ މަހުގެ 24 ވަނަ ދުވަހު ފަށާ ގޮތަށް އެ ކައުންސިލުން ނިންމައިފިއެވެ.
ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް އަހުމަދު އިމްތިޔާޒް ވިދާޅުވީ ކޮންމެ އަހަރަކު ވެސް ކައުންސިލުން ރަށުގެ ޒުވާނުންނަށް ކުޅިވަރުމުބާރާތްތައް ބާއްވާ ކަމަށެވެ.
ފަރެސްމާތޮޑާ ގެ ރައީސް އިމްތިޔާޒް އިތުރަށް ވިދާޅުވީ މި ފެށޭ ހަފްތާގައި މުބާރާތުގައި ޓީމްތައް ބައިވެރި ވުމަށް ރެޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.
މީގެ އިތުރުން އިމްތިޔާޒް ވިދާޅުވީ މި މުބާރާތަކީ ފަރެސްމާތޮޑާ ގެ ޒުވާނުން ކުޅިވަރަށް ހުންނަ ޝައުގުވެރިކަމެއްގެ ބޮޑު ކަމުންނާއި، ރައްޔިތުންގެ މެދުގައި ކުޅިވަރަށް ލޯބި އިތުރުކުރުމުގެ މަގުސަދުގައި ބާއްވާ މުބާރާތެއް ކަމަށެވެ.
ފަރެސްމާތޮޑާ ކައުންސިލް ފުޓްސަލް ޗެލެންޖް ގެ ޗެމްޕިއަން ޓީމް އަކަށް 10 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭ އިރު، ރަނާރަޕް އަށް 5 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވަނީހުށަހަޅާފައެވެ.
މިއަހަރު ރޯދަމަހުގައި ވެސް ފަރެސްމާތޮޑާ ކައުންސިލުން ވަނީ ފުޓްސަލް މުބާރާތެއް އިންތިޒާމް ކޮށް ވަރަށް ކާމިޔާބު ކަމާއި އެކު ނިންމާފައެވެ. އެ މުބާރާތައްވެސް ވަނީ ބޮޑުތަރުހީބެއް ލިބިފައެވެ.