ޚަބަރު
ޑޯނިއާ މަތިންދާ ބޯޓު ދުއްވަން މުސާރަދީގެން ދިވެހި ޕައިލެޓުން ނެގުމުގެ ޤާބިލުކަމެއް ނެތް: މާރިޔާ

އިންޑިޔާއިން ރާއްޖެއަށް ހަދިޔާކުރި ޑޯނިއާ މަތިންދާބޯޓު ދުއްވަން ދިވެހި ޕައިލެޓުންނަށް މުސާރަ ދީގެން ނެގުމުގެ ޤާބިލުކަމެއް ދިވެހި ސަރުކާރުގެ ބަޖެޓުގައި ނެތް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖުލީހުގައި ރޭ ބޭއްވުނު މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ގައި ޑިފެންސް މިނިސްޓަރ މާރިޔާ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި އިންޑިއާގެ ޑޯނިއާ މަތިންދާ ބޯޓެއް ރާއްޖޭގެ އަސްކަރިއްޔާއަށް ހަދިޔާ ކުރުމަށް ދެ ގައުމުގެ އަސްކަރިއްޔާގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ޕްރެސެންޓޭޝަނެއްގެ ގޮތުގައި ވަނީ ދައްކާލާފައެވެ.

މާރިޔާ ވިދާޅުވި ގޮތުގައި ދިވެހި ޕައިލެޓުން ނަގައިގެން ދައުލަތުގެ ބަޖެޓުން އެމީހުންނަށް މުސާރަދީގެން ގެންގުޅެވޭނެ ޤާބިލުކަމެއް ނެތް ކަމަށާއި ޑޯނިއާ މަތިންދާބޯޓާއި އިންޑިއާއިން ދީފައިވާ ހެލިކޮޕްޓަރުތައް މަރާމާތްކޮށް ބަލަހައްޓަމުން ދިއުމަކީ ވެސް ދިވެހި ދައުލަތުގެ ބަޖެޓުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މާރިޔާ މިހެން ވިދާޅުވީ ރޭ މަޖުލީހުގައި ބޭއްވުނު ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލަކާއި ގުޅިގެންނެވެ.

މާރިޔާ އިތުރަށް ވިދާޅުވީ ރާއްޖޭގެ ސިއްޚީ ދާއިރާއަށް ބަލާލިޔަސް ދައުލަތުގެ ބަޖެޓުގެ ދަތިކަން ހާމަވެގެންދާނެއެވެ. އެގޮތުން ބަލާއިރު ރާއްޖޭގެ ބައެއް ރަށްރަށުގައި ސީ އެމްބިއުލާންސް ނެތްކަން މާރިޔާ ވަނީ ފާހަނގަ ކުރައްވާފައެވެ.

މިކަންތައްތައް މިހެން ހުރުމުން ޑޯނިއާ މަތިންދާ ބޯޓާއި އިންޑިޔާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރތައް މަރާމާތްކޮށް ބެލެހެއްޓުމަށްވެސް ދައުލަތުގެ ބަޖެޓުން ގިނަ ޚަރަދެއް ހޭދަވެގެންދާނެ ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!