ސްރީލަންކާގައި ކުރިޔަށްދާ ފޯނޭޝަންސް ކަޕްގައި ރާއްޖެ އާއި ސީޝޭލްސްގެ މެޗަށް 500 ޓިކެޓް ހިލޭ ދޭން ނިންމާފައިވާކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
ލަންކާގައި ދިރިއުޅޭ ދިވެހިން ހިމެނޭ ވައިބަރ ގްރޫޕުގައި މަހުލޫފް ވިދާޅުވެފައިވަނީ ރާއްޖޭގެ ސަޕޯޓަރުންނަށް ޚާއްސަކޮށް 500 ޓިކެޓު ހިލޭ ދެއްވަން ގަސްދު ކުރައްވާ ކަމަށާއި އެއަށް ވުރެ އިތުރަށް ދަނޑަށް ވަންނަން ބޭނުންވާ ސަޕޯޓަރުންނަށް އިތުރު ޓިކެޓުތައް ވެސް ހޯއްދަވަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަންނަ އަންގާރަ ދުވަހު ހަވީރަށް ތާވަލްކުރެވިފައިވާ މެޗުގައި ރާއްޖެ ނުކުންނާނީ ސީޝެލް އާ ދެކޮޅަށެވެ. މިއީ މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ފުޓްބޯޅަ މުބާރާތުގެ ލީގު ބުރުގެ ފަހު ދެ މެޗުގެ ތެރެއިން އެއްމެޗެވެ.
މިމުބާރާތުގައި ރޭ ކުޅުނު މެޗުގައި ބަންގްލަދޭޝްގެ އަތުން ރާއްޖެ ވަނީ 2-1އިން ބަލިވެފައެވެ. އެހެންކަމުން ފައިނަލަށް ދިޔުމަށް ރާއްޖެއަށް ލިބިފައިވާ ފުރުސަތުވެސް މިވަނީ ގެއްލިފައެވެ.