ޚަބަރު
ގދ. އޭއީސީގެ “ކެވެލި” މަޖައްލާގެ 18 ވަނަ އަދަދު ނެރެފި

ގދ އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުން ނެރެމުން އަންނަ “ކެވެލި” މަޖައްލާގެ 18 ވަނަ ޢަދަދު ނެރެފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެރޭ އެ ސްކޫލްގެ މަލްޓިޕަރޕަސް ހޯލުގައި ކުރިޔަށްގެންދިޔަ ގދ އަތޮޅު ތަޢުލީމީ މަރުކަޒުގެ 2019 އަހަރުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ކެވެލި މަޖައްލާގެ 18 ވަނަ ޢަދަދު ނެރެދެއްވީ އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން ފެނަކަ ކުންފުނީ އެމްޑީ އަހުމަދު ސައީދުއެވެ.

ގދ އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުން އިސްނަގައިގެން 1983 ވަނަ އަހަރު ނެރެން ފެއްޓި މަޖައްލާ އަކީ އެ މަޖައްލާގެ ހުރިހާ ލިޔުމަކާ ކުރެހުން ތަކާ ސުރުޚީތައް ގަލަމުންލިޔެ, ކުރަހައި ނެރުނު ފޮތެކެވެ. އެގޮތަށް 2 ފޮތެއް ނެރުމަށް ފަހު ކެވެލި 3 ޗާޕުކޮށްގެން ފުރަތަމަ ނެރެފައިވަނީ 1992 ވަނަ އަހަރުގައެވެ. 200 ވަރަކަށް ފޮތް އޭރުގައި ނެރެވެން އޮތް އެންމެ ރަނގަޅަކަށް މަޖައްލާ ނެރެފައިވަނީ ތަޢުލީމީ މަރުކަޒުގެ ޖަމްޢިއްޔާ, ކިޔަވާ ކުދިންގެ ގުޅުމުގެ ފަރާތުންނެވެ.

ގދ އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންގެ ލިޔުންތައް އެކަނި ހިމަނައިގެން ނެރެމުން އަންނަ މި މަޖައްލާ 18 ފޮތް މިހާތަނަށް ނެރެފައިވާ އިރު ފޮތަށް ވަނީ ބޮޑު ކުރިއެރުމެއް ގެނެސްފައެވެ.

ގދ އަތޮޅު ތަޢުލީމީ މަރުކަޒުގެ 2019ވަނަ އަހަރުގެ އިނާމު ދިނުމުގެ މި ޖަލްސާ އޮތީ މިއަހަރުގެ ޖުމްހޫރީ ދުވަހާ ގުޅުވައިގެންނެވެ. 2019 ވަނަ އަހަރު ގދ.އަތޮޅު ތަޢުލީމީ މަރުކަޒުން ގުރޭޑް 10 ނިންމި ދަރިވަރުންގެ ތެރެއިން ހުރިހާ ގޮތަކުން އެންމެ މޮޅުދަރިވަރުންގެ ގޮތުގައި 3 ދަރިވަރަކުވަނީ ހޮވިފައެވެ. ހުރިހާ ގޮތަކުން އެންމެ މޮޅުދަރިވަރުންގެ ތެރެއިން އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ގދ. ތިނަދޫ ކޯޅި ޢަބްދުﷲ މަޒީން މުޙައްމަދެވެ. ދެވަނަ ދަރިވަރަކަށް ހޮވިފައިވަނީ ގދ. ތިނަދޫ ސްލީޓް އާއިޝަތު ޔުނާލް އިމާދެވެ. ތިންވަނަ ދަރިވަރަކަށް ހޮވިފައިވަނީ ގދ. ގައްދޫ، ރަންނާޅިގޭ ފާތިމަތު ޝިނާ ރަޝީދެވެ.

2019 ވަނަ އަހަރު ގދ.އަތޮޅު ތަޢުލީމީ މަރުކަޒުން މަތީ ސާނަވީ ނިންމި ދަރިވަރުންގެ ތެރެއިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ގދ. ތިނަދޫ މެލަން ހައުސް ފާތިމަތު އަސްބާ ޞާދިޤެވެ. އިތުރުން 2019 ވަނަ އަހަރު ގދ.އަތޮޅު ތަޢުލީމީ މަރުކަޒުން ގުރޭޑް 10 ނިންމި ދަރިވަރުންގެ ތެރެއިން 8 ދަރިވަރަކު ވަނީ ޤައުމީ ގަދަ 10 ވަނައިގައި ހިމެނިފައެވެ. މަތީ ސާނަވީ ނިންމި ދަރިވަރުންގެ ތެރެއިން ޤައުމީ ގަދަ 10 އެއްގައި 2 ދަރިވަރުން ހިމެނިފައިވެއެވެ. އަދި މީގެ އިތުރުން ގުރޭޑް 10 ނިންމި ދަރިވަރުންގެ ތެރެއިން 8 ދަރިވަރަކު ވަނީ ސުކޫލުގެ ގަދަ 5 ވަނައިގައި ހިމެނިފައެވެ. މަތީ ސާނަވީ ނިންމި ދަރިވަރުންގެ ތެރެއިން 6 ދަރިވަރަކު ވަނީ ސުކޫލުގެ ގަދަ 5 ވަނައިގައި ހިމެނިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!