ޚަބަރު
ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި މިނިމަމް ވޭޖެއް އިއުލާންކުރެވިގެން ދާނެ

ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި މަސައްކަތްތެރިންގެ މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅާ އަދަދު އިއުލާން ކުރެވިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ހަޔާ އެޑިއުކޭޝަނުން އިންތިޒާމުކޮށްގެން މޯލްޑިވްސް ޕޮލިޓެކްނިކް ގައި މިއަދު ކުރިއަށް ގެންދިޔަ ފަންނީ  މަސައްކަތްތެރިންގެ، ހުނަރު އިމްތިހާނުކޮށް ގައުމީ ސަނަދު ދިނުމުގެ ރަސްމިއްޔާތުގައި، މިނިމަމް ވޭޖް ކަނޑައެޅުމާއި ގުޅޭ ގޮތުން މިނިސްޓަރ ފައްޔާޒް ވާހަކަފުޅު ދެއްކެވިއެވެ.

މިނިސްޓަރ ފައްޔާޒް އިތުރަށް ވިދާޅުވީ މިނިމަމް ވޭޖެއް ކަނޑައަޅާއިރު މުޅި ދުނިޔެވެސް އޮތީ އިގްތިސާދީ ބޮޑު އަނދަވަޅެއްގެ ތެރޭގައި ކަމަށާއި، އެހެން ނަމަވެސް ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި މިނިމަމް ވޭޖެއް ކަނޑައެޅިގެން ދިޔުމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތާއި، ޓޫރިޒަމް ސިނާއަތާއި، ކޮންސްޓްރަކްޝަން ސިނާއަތާއި، ދަތުރުފަތުރުގެ ސިނާއަތާއި، ސިއްހީ ހިދުމަތުގެ ދާއިރާއާއި، ތައުލީމީ ހިދުމަތުގެ ދާއިރާއާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ގެ އިތުރަށް މެރިޓައިމް ޝިޕިންގެ ސިނާއަތް ހިމެނޭހެން ޖުމްލަ ނުވަ ސިނާއަތަކަށް 2021 ވަނަ އަހަރު ނިމުމުގެ ކުރިން މިނިމަމް ވޭޖް ކަނޑައެޅުން ލާޒިމުވާނެ ހެން ވަޒީފާގެ ގާނޫނަށް އިސްލާހުތަކެއް ގެނެސް، ރައީސް ސޯލިހު ވަނީ އެ އިސްލާހުތައް ތަސްދީގު ކުރައްވާފައެވެ.

މިނިމަމް ވޭޖަށް ވަކި އަދަދުތަކެއް ދޭން ގާނޫނުގައި ލާޒިމު ކޮށްފައެއް ނުވާއިރު، މިނިމަމް ވޭޖަށް ކަނޑައަޅާ އަދަދު ކޮންމެ ދެ އަހަރަކުން މިނިސްޓަރު މުރާޖައާ ކުރައްވަން ޖެހޭނެއެވެ. އަދި ހަމައެއާއެކު ގައުމަށް ދިމާވާ އިގްތިސޯދީ މައްސަލަތަކާއި އެހެނިހެން މައްސަލަތަކާއި ގުޅިގެން ދެ އަހަރު ނުވަނީސް ވެސް މިނިސްޓަރަށް އެ އަދަދު ރިވިއުކުރުމުގެ ބާރު އޮންނާނެއެވެ.

މިނިމަމްވޭޖެއް ކަނޑައެޅުމަކީ ރާއިސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އަދި 2019 ވަނަ އަހަރު އެމްޑީޕީ އިން ރައްޔިތުން މަޖިލިސް އިންތިހާބުގެ އެންމެ ބޮޑު އެއް ވައުދަކީ މިނިމަމް ވޭޖެއް ކަނޑައެޅުމުގެ ވައުދެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!