މާލޭގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ މާލޭ މައްޗަން ގޯޅި ގެޔަކުން ކުނިވަސް ދުވުމާއި ގުޅިގެން މިއަދު ހަވީރު 3:42 ހާއިރު ފުލުހުންނަށް ލިބުނު މައުލޫމާތާއި ގުޅިގެން އެގެ ބަލާ ފާސްކުރިއިރު މަރުވެފައި އޮތް މީހަކު ފެނިފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވި ގޮތުގައި އެގޭތެރޭގައި މަރުވެފައި އޮތްވާ ފެނިފައިވަނީ 37 އަހަރުގެ ފިރިހެނެކެވެ.
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.