ޚަބަރު
މާމެންދޫ ކައުންސިލުން ޕިކަޕެއް ގަތުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށްބުނާ މައްސަލައެއް އޭސީސީއިން ބަލަން ފަށައިފި

ގއ. މާމެންދޫ ކައުންސިލުން ޕިކަޕެއްގަތުމުގައި ކޮރަޕްޝަން ހިމެނޭކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަނުން ބަލަން ފަށައިފިއެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން މާމެންދޫއިން ވާހަކަ ދެއްކި މީހަކު ބުނީ، މާމެންދޫ ކައުންސިލުން ޕިކަޕެއް ގަތުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ލަފާކުރެވޭތީ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ. އަދި މިހާރު އެމައްސަލަ ވަނީ އޭސީސީގައި ރަޖިސްޓްރީކޮށްފައި ކަމަށެވެ.

މާމެންދޫ ކައުންސިލުން ގަނެފައިވާ ކަމަށް ބުނާ ޕިކަޕްގެ ފޮޓޯތަކެއް.

އޭސީސީއިން ބުނީ، އާންމު ފަރާތަކުން އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައިގައި ބަޔާންކޮށްފައިވަނީ، މާމެންދޫ ކައުންސިލް އިދާރާއިން ޕިކަޕެއް ހޯދަން ކުރި އިއުލާނާ ގުޅިގެން، ބިޑް ކާމިޔާބު ކޮށްފައިވަނީ ކައުންސިލް މެމްބަރެއްގެ ބައްޕަ ރެޕްރެޒެންޓް ކުރި ފަރާތުން ކަމަށާއި، ބިޑުގައި މުވައްޒަފެއް ބައިވެރިވި ކަމަށާއި، އަދި ގެނެސްފައިވަނީ ޓަނޭޖް ހަމަ ނުވާ ހަލާކުވެފައިވާ ޕިކަޕެއް ކަމަށެވެ. އަދި ޕިކަޕް ޑެލިވަރކޮށް އިންސްޕެކްޓް ކުރުމުގެ ކުރިން ކައުންސިލްގެ ރައީސް ޕިކަޕާ ހަވާލުވެފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް އެކޮމިޝަނުގައި ރަޖިސްޓްރީ ކުރެވިފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން މާމެންދޫ ކައުންސިލް މެމްބަރު އަޝްރަފް އަލީ އަށް “ހުވަދޫ ނިއުސް” އިން ގުޅާލުމުން ވިދާޅުވީ، އެފަދަ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ޕިކަޕެއް ގަތުމުގައި ކޮރަޕްޝަން ހިމެނޭ ގޮތަށް މާމެންދޫ ކައުންސިލުން އަމަލު ކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށާއި އެކަމަކީ ކައުންސިލް ބަދުނާމު ކުރުމަށް ބަޔަކު ކުރާ ކަމެއް ކަމަށެވެ.

“މައްސަލަ މިހާރު ބަޔަކު އޭސީސީއަށް ވަނީ ހުށަހަޅާފައި. ދެން އޭސީސީއިން މައްސަލައިގައި ބަލަން ޖެހޭ ކަންތައްތައް ބެލުމަށްފަހު ގޮތެއް ނިންމާނީ. އެކަމަކީ ކައުންސިލް ހުރިހާ މެމްބަރުންގެ ވޯޓަކުން ފާސްކޮށްފައިވާ ކަމެއް. މިހާރު ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް އާ ދެމެދު ޖެހިފައިވާ ޒާތީ މައްސަލަތަކަކާ ހުރެ އެވާހަކަ ދައްކަން ފަށާފައިވަނީ. އަޅުގަނޑަށް އެނގެނީ ގަނެފައިވަނީ ރަގަޅު ޕިކަޕެއް. އެކަމުގައި ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ކައުންސިލުން ހިންގާފައިނުވާ ކަން.” މާމެންދޫ ކައުންސިލް މެމްބަރު އަޝްރަފް ވިދާޅުވިއެވެ.

މިމަހުގެ 8 ވަނަ ދުވަހު ކައުންސިލް ނައިބު ރައީސްވެސް ބައިވެރިވި މުޒާހަރާގެ ބައިވެރިން ޕިކަޕެއް ގަތުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށާއި، ގަނެފައިވަނީ ހަލާކުވެ ދަބަރު ޖަހާފައިވާ ޕިކަޕެއް ކަމަށް ބުނުމުން މުޒާހަރާގެ ބައިވެރިންނަށް ޕިކަޕް ބަލަން ފުރުސަތު ދީފައިވާ ކަމަށް އަޝްރަފް ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!