ޚަބަރު
ބޮލީވުޑްގެ ތަރި ރަންބީރު އާއި އާލިޔާގެ އެންގޭޖްމެންޓް ކައިރިވަނީ

ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ކައިވެނީގެ ވާހަކަތަކަކީ މިހާރު ފަލަ ސުރުހީގައި ފެތުރެމުންދާ ޚަބަރުތަކެކެވެ. އެގޮތުން އާލިޔާ އަދި ރަންބީރުގެ ކައިވެނީގެ ޚަބަރުތައް ފެތުރެމުންދާތާ މިހާރު ދެއަހަރާ ގާތްވީއެވެ. އެހެންނަމަވެސް މިފަހަރު ހާމަވެގެން މިދިޔައީ އެދެތަރިންގެ އެންގޭޖްމެންޓުގެ ތާރީހެވެ.

ރިޕޯޓްތައް ބުނާގޮތުގައި އާލިޔާ އާއި ރަންބީރުގެ އެންގޭޖްމެންޓް ބާއްވަން ހަމަޖެހިފައިވަނީ މިހިނގާ ނޮވެމްބަރު މަހު 29 ވަނަ ދުވަހު އިންޑިޔާގެ ރާޖަސްތާނުގެ ރިސޯޓެއްގައެވެ. އެންގޭޖްމެންޓާ ބެހޭ ގޮތުން ސުވާލުކުރުމުން ރަންބީރު ބުނެފައި ވަނީ އެކަމާ ބެހޭގޮތުން ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.

މިދެތަރިންގެ ކައިވެނީގެ ތާރީޚް ސީދާ ބުނަން ނޭގޭއިރު އެދެތަރިންދަނީ މިކަމާ ބެހޭގޮތުން ސުވާލުކުރުމުން ތާރީޚަކަށްފަހު ތާރީޚެއް ދެމުންނެވެ. ރިޕޯޓްތަކުގައިވާ ގޮތުންނަމަ މިދެތަރިން ދަނީ ކައިވެނި ކުރުމުގެ ކުރިން މިހާރު ސޮއިކޮށްފައި ހުރި ހުރިހާ ޕްރޮޖެކްޓްތަކުގެ މަސައްކަތް ބާރު ސްޕީޑެއްގައި ނިންމާލަމުންނެވެ. އަދި ކައިވެނީގެ ކަންތައްތައް މިހާރުވެސް ކުރިޔަށް ގެންދާކަމުގެ ޚަބަރު ދަނީ ފެތުރެމުންނެވެ.

ރަންބީރު އާއި އާލިޔާގެ އެންގޭޖްމެންޓާއި ބެހޭގޮތުން އަޑުތައް ފެތުރެމުންދާއިރު ބޮލީވުޑްގެ މަޝްހޫރު ތަރިއެއް ކަމަށްވާ ކެޓްރީނާ އާއި ވިކީ ކޯޝަލްގެ ކައިވެނީގެ ޚަބަރުތައްވެސް ދަނީ ފެތުރެމުންނެވެ. މިދެމީހުންގެ ކައިވެނިވެސް އޮތީ ރާޖަސްތާނުގައެވެ. މިއަހަރު ޑިސެމްބަރ މަހު ފުރަތަމަ ހަފްތާގައި ކެޓްރީނާ އާއި ވިކީގެ ކައިވެނީގެ ކަންތައްތައް ރާޖަސްތާނުގައި މިހާރުވެސް ކުރިޔަށް ގެންދާ ކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!