ޚަބަރު
މަރުވެފައި އޮތް މީހާގެ ބޭރުފުށުން އަނިޔާއެއް ނެތް: ފުލުހުން

މާލޭގެ މައްޗަންގޮޅި އަވަށުގެ ގެއަކުން އިއްޔެ މަރުވެފައި އޮއްވައި ފެނުނު މއ. އާފަލުގެ، މުހައްމަދު މުޖުތަބާ ގެ ހަށިގަނޑުގައި ބޭރު ފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ފުލުހުން ބުނެފިއެވެ.

އެ އިދާރާއަށް މި މައްސަލަ ހުށަހެޅީ އެގެއިން ކުނި ވަސް ދުވުމާ ގުޅިގެން ބަޔަކު މައްސަލަ ރިޕޯޓްކުރުމުންނެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ މުޖުތަބާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ބާވަތެއްގެ އަނިޔާއެއް ލިބިފައި ނެތް ކަމަށެވެ. އަދި އެ މައްސަލަ އިތުރަށް ބަލައި ތަހުގީގުކުރަމުން ގެންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެނގިފައިވާ ގޮތުގައި މުޖުތަބާއަކީ މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ މީހެކެވެ. އަދި އޭނާގެ މައްޗަށް މަސްތުވާތަކެއްޗާއި ވައްކަމުގެ ރިކޯޑު އޮންނަ އިރު، މީގެ ކުރިން ވެސް އޭނާގެ މައްޗަށް މަސްތުވާތަކެއްޗާ ގުޅިގެން ހުކުމެއް ތަންފީޒުކޮށްފައިވެ އެވެ.

އުމުރުން 37 އަހަރުގެ މުޖުތަބާ މަރުވީ ކިހިނެއް ކަމެއް މިހާތަނަކަށް ފުލުހުން ހާމަކޮށްފައެއްނުވެ އެވެ. އެހެންނަމަވެސް އޭނާ މަރުވީ މަސްތުވާތަކެތި ބޭނުންކޮށް އޯވަޑޯޒް ވެގެން ކަމަށް ބައެއް މީޑިޔާތަކަށް މީހުން ބުނެފައިވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!