ޚަބަރު
“ބަޖެޓަށް ބުރަ ބޮޑު ވަނީ ސިޔާސީ މަގާމު ގިނަ ވުމުން”

ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވަނީ ސިޔާސީ މަގާމުތައް ގިނަ ކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ދަނގެތި ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ބަޖެޓް ބަހުސްގައި އެމްއެންޕީއަށް ލިބުނު ފުރުސަތުގައި އެ ޕާޓީގެ ރައީސް ނާޒިމް ވިދާޅުވި ގޮތުގައި އިތުރުކުރާ ސިޔާސީ މަގާމުތަކަށް ހިނގާ ހަރަދަށްވުރެ ކުޑަކޮށް ރަށްރަށުގައި ސްކޫލުތަކާއި ހޮސްޕިޓަލަށް އެޅޭނެ ކަމަށެވެ.

ސިޔާސީ މަގާމުތައް މަދުކޮށް އެހެނިހެން ކަންކަމަށް ކުރަން ޖެހޭ ހޭދަތައް އިތުރުކުރަން ޖެހޭ

އެމްއެންޕީ ގެ ރައީސް މުހައްމަދު ނާޒިމް

ނާޒިމް ވިދާޅުވި ގޮތުގައި އިތުރުކުރާ ސިޔާސީ މަގާމުތަކަށް ހިނގާ ހަރަދަށްވުރެ ކުޑަކޮށް ރަށްރަށުގައި ސްކޫލުތަކާއި ހޮސްޕިޓަލަށް އެޅޭނެ ކަމަށެވެ.

ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް – ފޮޓޯ: މަޖިލިސް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި 1،045 ސިޔާސީ މަގާމުގައި ތިބި ބޭފުޅުންނަށް ހަރަދު ކުރުމަށް ހިމަނާފައިވެއެވެ. އެއީ މިދިޔަ އަހަރަށް ސަރުކާރުން ހުށަހެޅި ބަޖެޓުގައިވާ އަދަދަށް ވުރެ 78 މަގާމުގެ އިތުރުވުމެކެވެ. މި އަހަރުގެ ބަޖެޓުގައި ސިޔާސީ މަގާމުތަކުގެ އަދަދު ހުރީ 967 އެވެ. އަންނަ އަހަރުގެ ބަޖެޓުގައި ސިޔާސީ މަގާމުތަކުގެ މުސާރައިގެ ގޮތުގައި 407.6 މިލިއަން ރުފިޔާ ވަނީ ކަނޑައާފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރަށްވުރެ މި ސަރުކާރުގެ ސިޔާސީ މަގާމްތައް އިތުރު ނުވާނެ ކަމަށް މީގެ ކުރިން ރައިސް އޮފީހުން ވަނީ ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!