މީސްމީޑިއާގައި ދައުރުކުރި ފޮޓޯ ތަކަކީ ވަރަށް “އުފެއްދުންތެރި” ފޮޓޯތަކެއް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ޝުކުރު އަދާކޮށްފިއެވެ.
ދިއްގަރު ދާއިރާގެ މެންބަރު މިހެން ވިދާޅުވީ ނޫސްތަކުގައި އޭނާގެ އެއް ފޮޓޯއެއް އަބަދު ބޭނުން ކުރާ ކަމަށް ޝަކުވާ ކުރުމުން، ބަޔަކު އޭނާގެ އެހެން ފޮޓޯތަކެއް ތައްޔާރުކޮށް މީސް މީޑިއާގައި އާންމު ކުރުމުންނެވެ.
I would like to personally thank everyone who helped me with sending photos. Some were quite creative and I enjoyed it. https://t.co/7dlK4h6Hy6
— Ikram Hassan MP (@ikramhassan) November 14, 2021
މެމްބަރު އިކްރާމްގެ ކަންބޮޑުވުން ހިއްސާ ކުރުމުން ބައެއް ފަރާތްތަކުން ވަނީ މެންބަރު އިކްރާމްގެ ފޮޓޯގެ ބެކްގްރައުންޑް ބަދަލުކޮށް، ތަފާތު އެކި ފޮޓޯތައް އުފައްދާފައެވެ.
އޯކޭ ވެއްޖެޔާ ބުނައްޗޭ. pic.twitter.com/CqqeBy0Cah
— އަހުމަދު (@Dhonkolhu) November 13, 2021
މި ފޮޓޯތަކާ ގުޅިގެން މެންބަރު އިކްރާމް އިއްޔެ މެންދުރު ކުރި ޓްވީޓެއްގައި ވިދާޅުވީ ފޮޓޯތައް ހިއްސާ ކުރުމަށް އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ވެސް ޝުކުރު އަދާ ކުރައްވާ ކަމަށާއި ބައެއް ފޮޓޯތައް ވަރަށް އުފެއްދުންތެރި ކަމަށެވެ. އެފަދަ ފޮޓޯތައް ބަލަން ވަރަށް ކަމުދިޔަ ކަމަށް ވެސް އިކްރާމް ވިދާޅުވިއެވެ.