ދުނިޔެ
މަގުމަތީގައި ދިރިއުޅެމުންދިޔަ މަންމަޔަކާއި ކުޑަކުއްޖެއްގެ ގުޅުމުގެ އުފާވެރި މަންޒަރު ގިނަ ބައެއްގެ ހިތާއި ކުޅެފި

މައިމީހާއާއި ދަރިންގެ ގުޅުމަކީ ވަރަށްވެސް މަތިވެރި އިލާހީ ގުޅުމެކެވެ. ކިތަންމެ ދަތިހާލުގައި ކޮންމެ ތަނެއްގައި ވީނަމަވެސް މައިވަންތަ ގުޅުމަކަށް ބަދަލެއް ނާދެއެވެ. މިއީ ޤަބޫލުކުރަންޖެހޭ ހަޤީޤަތެކެވެ.

ޕިލިޕިންސްގެ ފަޤީރު ސަރަޙައްދެއްގައި މަގުމަތިވެފައިވާ ދެމައެއްގެ ފޮޓޯ އެއް އަމިއްލަ ފަރާތަކުން ސޯޝަލް މީޑިޔާގައި ހިއްސާކުރުމުން، އެފޮޓޯއަށް ގިނަބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. މިފޮޓޯ ޚާއްސަވެގެން ދަނީ، ފޮޓޯ ހިއްސާކޮށްފައިވާ ފަރާތުން ބޭނުންކޮށްފައިވާ ކެޕްޝަންގެ ސަބަބުންނެވެ.

ރޭގަނޑުގެ ވަގުތެއްގައި ޕިލިޕީންސްގެ މަގެއްގައި ދުއްވަމުން ދިޔަ ކާރު، ޓްރެފިކްގައި ޖެހިގެން މަޑުކުރަންޖެހި، އަދި މަސައްކަތުގެ ސަބަބުން ވަރަށް ބޮޑަށް ކަންބޮޑުވެފައިވާ ފަރާތަކަށް، ފެނިގެން ދިޔަ ވަރަށްވެސް ހިތަށް އަސަރު ކުރުވަނިވި އެކަމަކު އުފާވެރި މަންޒަރެއްގެ ފޮޓޯ ކާރުން އެޅިފައިވާ ހެޑްލައިޓުގެ އަލީގައި ނެޓީޒެން އަމޭނިއެލް ކިޔާ ޕިލިޕީންސް މީހަކު ވަނީ ނަގާފައެވެ.

ފޮޓޯ ނަގާފައިވާ ފަރާތުން ހާމަކޮށްފައިވާގޮތުގައި، އެމަންޒަރުން ތަފާތު ކަންތައްތަކެއް އެނގިގެން ގޮސްފައިވެއެވެ. މައިވަންތަ ލޯތްބަކީ ކޮންމެ ހާލެއްގައިވީނަމަވެސް، ދަރީންނަށް ބަދަލުވާނެ އެއްޗެއް ނޫންކަމަށެވެ. ދެވަނަ ކަމެއްގެ ގޮތުގައި އޭނަޔަށް ސިފަވެފައި ވަނީ، ކިތަންމެ ދަތިހާލުގައި ވީނަމަވެސް ދަރީންނަށް ލޯތްބާއި އޯގާތެރިކަމާއި އަޅާލުން ދެވިދާނެ ކަމުގައެވެ. އަދި މީގެ އިތުރުން އޭނާ ހާމަކޮށްފައިވާގޮތުގައި، އުފާވެރިކަން، ލޯބި އަދި ކުލުނު އެއީ ފައިސާއާއި ނުލައިވެސް ހާޞިލް ކުރެވިދާނެ އެއްޗެއްކަން މިފޮޓޯ އިން ހާމަވެގެން ދާކަމުގައެވެ.

ގިނަ ފަރާތެއްގެ ސަމާލުކަން މިފޮޓޯއަށް ހުއްޓިފައިވާއިރު، މިފޮޓޯއާއި ގުޅޭގޮތުން، ފޮޓޯގްރާފަރު ދައްކާފައިވާ ވާހަކަތަކަށް ގިނަ އަދަދެއްގެ ބަޔަކު ތަޢުރީފުކޮށްފައި ވެއެވެ. އަދި މިފޮޓޯއަށް ގިނަ އަދަދެއްގެ ބަޔަކު ކޮމެންޓްކުރުމާއެކު، އެ މައިމީހާ އާއި ކުޑަދަރިފުޅު ހޯދައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މިޝަންއެއް، ފޮޓޯ ގްރާފަރާއި ގުޅިގެން ކުރިޔަށް ދާކަން ފާހަގަކޮށްލެވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!