ޚަބަރު
ފައިސާ ޗާޕްކުރުމުގެ މުއްދަތު އިތުރުކޮށްދީފިނަމަ އިގްތިސާދު “ބްލީޑް” ވެ ރައްޔިތުންނަށް ލިބޭ ގެއްލުން އިތުރުވެގެންދާނެ: އާދަމް ޝަރީފް

ފައިސާ ޗާޕްކުރުމުގެ މުއްދަތު ރައްޔިތުންގެ މަޖުލީހުން އިތުރުކޮށްދީފިނަމަ ރާއްޖޭގެ އިގްތިސާދު “ބްލީޑް” ވެ ރައްޔިތުންނަށް ލިބޭ ގެއްލުން އިތުރުވެގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެންބަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

ފައިސާ ޗާޕްކުރުމަށް މަޖުލީހުން ދީފައިވާ މުއްދަތު އިތުރުކޮށްދެއްވުމަށް ފިނޭންސް މިނިސްޓްރީން މަޖުލީހުގައި އެދިފައިވާތީ ގިނަ މެމްބަރުން ވަނީ މިކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މަޖުލީހުގެ މިއަދުގެ ޖަލްސާގައި މިމައުޟޫއަށް ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ މިސަރުކާރުން ބުނަމުންދާ ގޮތުގައި ބޭރު ޤައުމުތަކުން ރާއްޖެއަށް އެހީ ލިބޭނެ ކަމަށާއި ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަމުންދާއިރު ފައިސާ އިތުރަށް ޗާޕްކުރަން ޖެހޭ ސަބަބެއް ރައްޔިތަކަށްވެސް ވިޔަފާރިވެރިއަކަށްވެސް ވިސްނޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ ބަޖެޓް މެނޭޖްކުރުމަށް ސަރުކާރަށް ދަތިކަމަކަށް ވަންޏާ ފައިސާ ޗާޕްކުރުމުގެ ބަދަލުގައި ސިޔާސީ މަޤާމުތަކުގައި ތިބި މީހުން މަދުކޮށް މެމްބަރުންނާއި ސަރުކާރުގެ އިސް ބޭފުޅުންގެ މުސާރަ ކުޑަކުރުމުން އެކަންތައް ހައްލުކުރެވިގެންދާނެ ކަމަށެވެ. އަދި ސަރުކާރުން ބަޖެޓް މެނޭޖް ނުކުރެވޭނަމަ މަޖުލީހުން އެކަމަށް ފަރުވާއެއް ހޯދައިދޭން ޖެހޭނެ ކަމަށް އޭނާ ފާހަނގަކުރެއްވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ފައިސާ ޗާޕް ކުރުމުގެ ފުރުސަތު މަޖިލީހުން ސަރުކާރަށް ދީފިކަމަށްވާނަމަ އޭގެ ސަބަބުން 19 ރުފިޔާ އާއި 20 ރުފިޔާ އާއި ދޭތެރޭ ހުރި ޑޮލަރުގެ އަގު މަތިވެފައި ދިވެހި ފައިސާގެ އަގު ދަށަށް ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި އިންފްލޭޝަން ރޭޓް މައްޗަށް ގޮސް ރައްޔިތުންނަށް ބޮޑު ތަކުލީފެއް ކުރަމަތިވާނެ ކަމަށެވެ.

ކަން މިހެން އޮތުމާއެކު ފިނޭންސް މިނިސްޓްރީގެ މިއެދުން ފުރިހަމަކޮށްދީފިނަމަ ޤައުމަށް އެވެވުނީ ޚިޔާނާތް ކަމަށް ވިދާޅުވަމުން އާދަމް ޝަރީފް ވިދާޅުވަނީ ސަރުކާރުގެ “މުޑުދާރު” ކަންކަން ހުއްޓުވޭނީ މަޖިލީހުން މިއަށްވުރެ ވަރުގަދައަށް އުސޫލުތަކެއް ކަނޑައަޅައިގެން ޖަވާބުދާރީކޮށްގެން ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!