ލ. ފޮނަދޫ މަގުހެދުމުގެ މަޝްރޫޢުގެ (ފުރަތަމަ ފިޔަވަހި) މަސައްކަތުގެ ބޮޑުބައެއް ނިންމާލެވިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
އެގޮތުން 88% މަސައްކަތް މިހާރު ނިމިފައިވާ ކަމަށްވެސް އެމްޓީސީސީ އިން މައުލޫމާތު ދެއެވެ.
25.5 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 27,848 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމުގެ އިތުރަށް 10,205 މީޓަރުގެ ސަރަޙައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.