ޚަބަރު
ރާއްޖޭގައި މިހާރު ހުރީ ޒިންމާދާރުކަން ކުޑަ ފިނޭންސް މިނިސްޓަރަކާއި ރައީސެއް: ޝިޔާމް

ރާއްޖޭގައި މިހާރު ހުންނެވީ ޒިންމާދާރުކަން ކުޑަ ފިނޭންސް މިނިސްޓަރަކާއި ރައީސެއް ކަމަށް ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ފައިސާ ޗާޕްކުރުމަށް ދީފައިވާ ހުއްދަ އަދި އެއް އަހަރު ދުވަހަށް އިތުރުކުރުމަށް ފިނޭންސް މިނިސްޓްރީން މަޖުލީހުގައި އެދިފައިވުމުން ޝިޔާމް ވިދާޅުވީ ރާއްޖޭގައި ހުންނެވި ޒިންމާދާރުކަން ކުޑަ ފިނޭންސް މިނިސްޓަރާއި ރައީސްގެ ނިންމުންތަކުގެ ސަބަބުން ދެން އަންނަ ޖީލުތަކަށް އެކަމުގެ ނުބައި އަސަރުކުރާނެ ކަމަށެވެ.

“އަޅުގަނޑަށް ފެންނަނީ މިސަރުކާރު ނިމޭ ހިސާބުގައި ދިވެހި ރާއްޖޭގެ ރައްޔިތުން، ސޯމާލިއާ ކަނޑު ފޭރޭ މީހުން އުޅޭ ގޮތަށް ދިވެހި ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުން ބައްޓަން ކުރަން މި ސަރުކާރުން ނިންމާފައި އޮތްތަން.” ޝިޔާމް ވިދާޅުވިއެވެ

ޝިޔާމް އިތުރަށް ވިދާޅުވީ 4.4 ބިލިއަން ރުފިޔާއާ ހަމައަށް ޕަބްލިކް އެކައުންޓް އޯވަރޑްރޯ (ފައިސާ ޗާޕް) ކުރަން މަޖިލީހުން ހުއްދަ ދީފައިވާއިރު، މި ހުއްދަ އިތުރު އެއް އަހަރު ދުވަހަށް ދަމާލަން ފިނޭންސް އިން މަޖިލީހުގައި އެދުމުން، ޗާފް ކުރި ފައިސާ ރައްޔިތުންނަށް ބަހާލުމަށާއި ސަރުކާރުން ފައިސާ ޗާޕްކުރާއިރު، ރައްޔިތުން މިއަދު ތިބީ ގޭގެ ކުލި ނުދެއްކި އަދި ބޮޑެތި ލޯނުތައް ނަގައިގެން ރައްޔިތުން ދަރަނުވެރިވަމުން އަންނަ ކަމަށާއި އެ ޗާފް ކުރި ފައިސާއިން ރައްޔިތުންގެ ލޯނުތައް ދައްކައިދިނުމަކީ ބުއްދިވެރި ނިންމުމެއް ކަމަށެވެ.

މީގެ އިތުރުން ސަރުކާރަށް ފާޑު ވިދާޅުވަމުން ޝިޔާމް ގޮވާލީ އިތުރަށް ފައިސާ ޗާޕްކުރުމަށް މުއްދަތު ނުދިނުމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!