ޚަބަރު
ފިޔޯރީގައި ނިޔާވާ މީހުންނަށް ސަންދޯކާއި ކަފުން ހިލޭ ދޭ ގޮތަށް އަލަށް ހިނަވާގެއެއް އަޅަނީ

ގދ ފިޔޯރީގައި ނިޔާވާ މީހުންނަށް ސަންދޯކާއި ކަފުން ހިލޭ ދޭ ގޮތަށް އަލަށް ހިނަވާ ގެއެއް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

ހިނަވާ ގޭގެ ޢަމަލީ މަސައްކަތް ފައްޓަވައި ދެއްވުމަށްފަހު ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ފިޔޯރީ ކައުންސިލް ގެ ރައީސް ފައިޒަރު ރަޝީދު ވިދާޅުވީ މީގެ ކުރިން އެ ރަށުގައި ހިނަވާ ގެއެއް ނުހުންނަ ކަމަށާއި މުޅިން އަލަށް ހިނަވާ ގެއެއް އަޅާއިރު އެތަނުގައި ހިނަވާ ބައެއްގެ އިތުރުން ގުދަނަކާއި މޫނު ބަލަން ޚާއްޞަ ބައެއް ވެސް ހުންނާނެ ކަމަށެވެ.

އަދި މޫނު ބަލަން ތިބޭ ބައި ހުންނާނީ އޭސީ ކުރެވިފައި ކަމަށާއި މިކަމަކީ ޒަމާނުއްސުރެ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައި ހުރި ތަނެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އިތުރަށް މައުލޫމާތު ދެއްވަމުން ރައީސް ފައިޒަރު ވިދާޅުވީ އެ ރަށުގައި މަރުވާ މީހުންނަށް ސަންދޯއް އަދި ކަފުން ކައުންސިލްގެ ފަރާތުން ހިލޭ ދޭން ނިންމާފައި ވާއިރު މައްޔިތާގެ ކަށުކަމާކެމީގެ ކަންތަކުގައި ވެސް ކައުންސިލުން އެއްބާރުލުން ދެވޭނެ ކަމަށެވެ.

ފިޔޯރީ ގައި ހިނަވާގެއެއް އެޅުމަށް ކައުންސިލުން މަސައްކަތް ކުރަމުން ދާއިރު މި މަސައްކަތް ކުރުމުގައި ޢަމަލީ ގޮތުން ބައިވެރިވާ އެއްވެސް ފަރާތަކުން އުޖޫރައެއް ނުނަގައެވެ. އަދި ޢިމާރާތް ކުރުމަށް ބޭނުންވާ ތަކެތި ހަދިޔާ ކޮށްފައި ވަނީ އެސްޓީއޯއިން ކަމަށް ފިޔޯރީ ކައުންސިލުން ފާހަގަ ކުރައްވައެވެ.

ފިޔޯރީ ގައި ހިނަވާ ގެއެއް އެޅުމުގެ މަސައްކަތަކީ ދީލަތި ފަރާތްތަކުގެ އެހީތެރިކަމާއިއެކު ކުރަމުންދާ މަސައްކަތަކަށް ވާތީ އެއިމާރާތް ބިނާކުރުމާއި އެހެނިހެން ކަންކަމުގައި އެހީވާން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލާފައިވާ ކަމަށް ކައުންސިލުން ހާމަކުރިއެވެ. މި މަސައްކަތް ކުރިޔަށް އޮތް މަހެއް ހާ ދުވަސް ތެރޭގައި ނިންމާލެވޭނެކަމަށް ފައިޒަރު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!