ޚަބަރު
ތިނަދޫއިން ކައްކާ ގޭސް ހުސްވެއްޖެ

ގދ.ތިނަދޫ އިން ކައްކާ ގޭސް ހުސްވެއްޖެ ކަމަށް ވެލްކޯ ޝިޕިން އެންޑް ޓްރޭޑްއިން ހާމަކޮށްފިއެވެ.

އެކުުންފުނީގެ ފަރާތުން “ހުވަދޫ” ނިއުސްއަށް މައުލޫމާތު ދެއްވަމުން އަހުމަދު ރަޝީދު ބުނާގޮތުގައި މިވަގުތު ތިނަދޫއިން ގޭސް ހުސްވެފައިވާ ކަމަށާއި ހަފްތާއެއްގެ މައްޗަށް 500 ފުޅި ތިނަދޫއަށް ބޭނުންވާ ކަމަށެވެ. މުޅިމަހަށް ބަލާލާއިރު 1200 ފުޅި ގޭސް ބޭނުންވީ ނަމަވެސް ކުންފުނީގެ ދަތުރުތައް ހަމަޖެހިފައި އޮންނަ ގޮތުން ތިނަދޫއަށް ގޭސް ދޯނި އަންނަނީ ހަފްތާއަކު އެއްދުވަހު ކަމަށް އަހުމަދު ބުންޏެވެ.

އަހުމަދު އިތުރަށް ފާހަނގަކުރި ގޮތުގައި ތިނަދޫއަށް ގޭސް ގެންނަތާ ދެތިން ދުވަސް ނުވަނީސް ހުސްވާތީ ގޭސް ލިބުމުގައި ދަތިތަކެއް ދިމާވަނީ ކަމަށެވެ.

މިވަގުތު އެރަށުން ގޭސް ހުސްވެފައިވީނަމަވެސް ކުރިޔަށް އޮތް ދެދުވަސްތެރޭ ގޭސް ލިބޭނެ ކަމަށް އަހުމަދު ބުންޏެވެ. މޫސުން ތަންނުދިނުމާއި ގުޅިގެން ގޭސް ލިބުމުގައި މިވަގުތު ދަތިތަކެއް އުޅެނީ ކަމަށް އެކުންފުނިން މައުލޫމާތުދިނެވެ.

މިހާރަކަށް އައިސް އަވަސް އަވަހަށް ރަށުން ގެސް ހުސްވުމަކީ ތިނަދޫގެ އާންމު ހާލަތެކެވެ. 12 ހާހަށްވުރެ ބޮޑު އާބާދީއެއް އޮންނަ ތިނަދޫގައި ކައްކާ ގޭހުގެ މައްސަލައަށް ހައްލެއް ނުލިބިިގެން ރައްޔިތުންގެ ޝަކުވާތައް މިވަނީ ގިނަވެފައެވެ.

މީގެ ކުރިން ތިނަދޫއަށް ގޭސް ގެންނަނީ އެސް.ޓީ.އޯ އިންނެވެ. އެހެންނަމަވެސް މިކަންތައް އައުޓް ސޯސް ކުރުމަށްފަހު ތިނަދޫއަށް ގޭސް ގެންނަނީ ވެލްކޯއިންނެވެ.

 1. ޕިނާ

  ހުސްް ދޮގުހަދާމީހެެެއްތިި އަހުމަދުތީީ ގޭސްް ހުންނަައިރުވެސްް ދޭނެމީހަކައްދެނީީ މުޅިންމަކަރު

 2. ތިމާމެންގެ ނެތް ފެންވަރަކުން ކަންތަށް ކުރަންވީމަ ވާނެގޮތް.. އެމްއެމްޕީއާރުސީ ލާރިން ގިނައިން ގޭސްފުޅި ގަންނަން އުޅޭ…

 3. އަބްދުﷲ ޖާބިރު

  ތިމާ ހިތް ނޭދޭ މީހާ އާއި އޭނާ ކުރާ މަސައްކަތާ މިކްސް ނުކުރުމަށް އެދެން. ތިނަދޫން މީގެ ކުރިންވެސް ގޭސް ހުސްވޭ.ގިނަ ދުވަސްތަކެއް އަބަދަކު ނުނަގާ ލިބެން.މޫސުމީ ކަންކަމީ ގަބޫލުކުރަންޖެހޭ އުޒުރުވެރި ކަންކަން. ތިމާ ބޭނުންވާ ކަމެއް ހާސިލުނުވުމުން ނުވަތަ އަނެކާއަށް ލިބޭ ކުރިއެރުމެއްގައި ހަޤީގަތާއި ހިލާފަށް ވާހަކަ ދައްކާ ކަމުގެ އަސްލު އޮޅުވައިލަން މަސައްކަތް ކުރުމަކީ މުނާފިގުންގެ ސިފައެއް. އެކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ. ރައްޔިތުން ފަސޭހަކަންމަތީގައި ލައްވަވާށި. އަބްދުﷲގެ މަސައްކަތުގައި ބަރަކާތް ލެއްވުން އެދި ދުއާދަންނަވަން.

  • އަބްދުﷲ

   ތިތަނުގަ ނެތެއްނު ދޮގު މައުލޫމާތެއް ހިއްސާކޮށްފަ.. މަށަށް ފެންނަނީ އެތަނުން މައުލޫމާތު ދީފަ އޮތް ގޮަތަށް ޚަބަރު ޖަހާފަ އިންދާ.. ދެން ތިތަނުން ޒާތީ ކަމެއް ފެނުނީ ކަލެޔަށް އެކަނި..

 4. ަފެން

  ތިކި