ފެންޑާ
ކާމިޔާބު ދިރިއުޅުމެއް ހާޞިލް ކުރުމަށް ކުރެވިދާނެ ބައެއް ކަންކަން

އުފާވެރި، ހިތްހަމަޖެހޭ، ހާސްކަމުން އެއްކިބާވެފައިވާ، ފުދިގެން ދިރިއުޅެވޭ ދިރިއުޅުމެއް ބޭނުން ނުވާނެ އެއްވެސް މީހަކު ނުހުންނާނެކަމީ، މިއީ ދެކޮޅު ހެދޭނެ ކަމެއް ނޫނެވެ. ގިނަ ބަޔަކު އެއްބަސްވާ ގޮތުގައި، އަހަރަމެންގެ ވިސްނުމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވޭ ކުޑަ ބަދަލަކުންވެސް، ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނެވިދާނެއެވެ.

މާކުރިން ކަންކަމުގައި ވެދާނެގޮތަކާއިމެދު ގޮތް ނުނިންމުން

ދިރިއުޅުމުގައި ތަފާތު އެކި މީހުންނަށް ދިމާވެފައިވާ ތަފާތު ކަންކަމަށް ބުރަވެ، ވަކި ޚާއްސަ ކަމަކާއި ކުރިމަތިލުމުގެ ކުރިން، ވެދާނެ ގޮތަކާއި މެދު މާބޮޑަށް ވިސްނައި އެކަމެއް ވެދާނެ ކަމުގެ ބިރު އޮންނަގޮތް ބޮޑުވެ، އެކަމަކުން އެއްކިބާވުން. މިސާލަކަށް، ވަކި ޚާއްސަ މަޤާމަކަށް ވާދަކުރުމަށް އަމިއްލަޔަށް ބޭނުންވެ، އަދި އެމަޤާމަށް ތިމާ ޤާބިލްކަން ޤަބޫލުކުރުމާއެކު، އެމަޤާމް ހާޞިލް ކުރެވިދާނެ ކަމުގެ ޔާޤީންކަން އޮތް ނަމަވެސް، މީހަކު ބުނެފާނެ ހުތުރު ބަހަކަށް ނުވަތަ ދިމާވެދާނެ ގޮންޖެހުމަކަށް ވިސްނައިގެން، އަމިއްލަޔަށް ބޭނުންވާ ގޮތް ދޫކޮށްލުމަކީ ވެސް ދިރިއުޅުމުގައި ކުރިޔަށް ދިޔުމަށް އެޅޭ މިފަދަ ބައެއް ހުރަސްތަކެކެވެ. މިސާލަކަށް، އަންހެނަކު ބޭވަފާތެރި ވުމުން، ހުރިހާ އަންހެނުންވެސް ބޭވަފާތެރި ވާނޭކަމަށް ނިންމައި ދިރިއުޅުމުގައި ބައިވެރިޔަކު ނުހޯދައި ހުންނަނަޖެހޭ ސަބަބެއް ނޫނެވެ. އެންމެ އަންހެނަކު، ބޭވަފާތެރި ވުމަކީ، މުޅިދުނިޔޭގައިވާ ހުރިހާ އަންހެނުން ބޭވަފާތެރިވާންޖެހޭ ސަބަބެއް ނޫނެވެ.

އާމްދަނީ ހޯދުމަށް ގިނަވަގުތުގައި މަސައްކަތް ކުރުން

ދިރިއުޅުން ބާއްޖަވެރިކުރުމަށް ފުރިހަމަ ސިއްޙަތެއް ލިބިފައިވާ ކޮންމެ ފަރުދަކު އާމްދަނީ ލިބޭނެ މަސައްކަތެއް ކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. ރަނގަޅު އާމްދަނީ އެއް ލިބޭ ހަލާލު ކޮންމެ މަސައްކަތަކީ، އޭގެ ސަބަބުން ދިރިއުޅުމުގެ ތަފާތު ބޭނުންތައް ފުރިހަމަކޮށް، އެހެން މީހުންނަށް ބަރޯސާވުން ކުޑަވެ، ހަމަޖެހޭ ދިރިއުޅުމެއް އުޅުމަށް ކޮށާލެވޭ އަލި މަގެކެވެ. ކުރާނޭކަމެއް ނެތިގެން، ވަގުތު ބޭކާރުކުރުމުގެ ބަދަލުގައި އާމްދަނީ ހޯދޭނެ ތަފާތު މަސައްކަތްތަކުގައި ގިނަވަގުތު ހޭދަކޮށް، ރަނގަޅު އެކަށޭނެ އާމްދަނީއެއް ހޯދުމަށް މަސައްކަތް ކުރުމަކީ އުފާވެރި ދިރިއުޅުމެއް ހޯދުމަށް އެޅިދާނެ ފިޔަވަޅެކެވެ.

ބޭނުންތައް މަދުކުރުން

އިންސާނުންގެ ހިތަކީ ދުވަހަކުވެސް ފުރޭނެ އެއްޗެއް ނޫންކަމަށް ޝާއިރުން ފާހަގަކުރެއެވެ. ހަމަ މިބީދައިން އިންސާނާގެ ދުނިޔެވީ ބޭނުންތަކީ ދުވަހަކުވެސް ފުރިހަމަވެ ނިމިދާނެ އެއްޗެއް ނޫނެވެ. ނަމަވެސް އަހަރަމެންގެ ބޭނުންތައް ލިބޭ އާމްދަނީއަކާއި އެއްވަރަށް ބައްޓަން ކުރުމަކީ ފޯރުންތެރި ދިރިއުޅުމެއް އުޅުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ. މިސާލަކަށް ބަލާއިރު، އެންމެ ފަހުން ބާޒާރަށް ނެރޭ އެންމެ އަގުބޮޑު ފޯނު ފޯނު ކުރުމަށް ނެތް ލާރިއަކުން ދަރަނިވެރިވެގެން ގަންނާކަށް ނުޖެހެއެވެ. ފޯނުގެ ބޭނުން ފުދޭ، ލިބޭ އާމްދަނީއަކުން ގަނެވޭ ފޯނެއް އިޚްތިޔާރުކުރުމުގެ ފުރުޞަތު އެބައޮވެއެވެ. ބޭނުންތައް ތަފާތު އެކި މިންގަޑުތަކަށް ބަހައި، ކޮނެމެހެން ކުރަން ނުޖެހޭ ބޭކާރު ޚަރަދު މަދުކުރުމަކީވެސް ފާގަތި ދިރިއުޅުމެއް ހާޞިލްކުރުމަށް ކުރެވިދާނެ ކަމެކެވެ.

ގިނަގިނައިން ހިނިތުންވުން

ގިނަ މުފައްކިރުން އެއްބަސްވާ ގޮތުގައި، ހިނިތުންވުމަކީ ޞަދަޤާތެކެވެ. އޭގެ ސަބަބުން އުފާވެރިކަމާއި، ހިތްހެޔޮކަން ފަތުރައި، ޕޮސިޓިވިޓީ ޕްރޮމޯޓް ކުރުވައެވެ. ހިނިތުންވުމެ ފަހަތުގައި ތަފާތު ރަނގަޅު މެސެޖްތަކެއް ފޮރުވިފައިވެއެވެ. ހިނިތުންވުމުން، ތިބާއަކީ ހިތްތިރި، އެހެން މީހުންނަށް މަރުހަބާ ކިޔާ، އެއްވެސް ކިބުރުވެރިކަމެއް ނެތް މީހެއްގެ ގޮތުގައި ސިފަވެގެން ދެއެވެ. ހިތްތިރި، އޯގާތެރި، ޚުލްޤުހެޔޮ މީހުންނަކީ ގިނަބަޔަކު އިޙްތިރާމްކުރާ، މީހުން ބަލައިގަންނަ، އެހެން މީހުންގެ ލޯބި ފަސޭހައިން ހޯދައިގަންނަ ބަޔެކެވެ. އެންމެ ހިނިތުންވުމަކުންވެސް އެތަށް ބައެއްގެ ހިތްތަށް ފަތަޙަކޮށް ލޯބި ހާޞިލް ކުރެވިދާނެއެވެ.

ބޮޑެތި ހުފަންތައް ދެކުން

ރަނގަޅު ކަންކަމަށް އުންމީދުކޮށް، ދިރިއުޅުމުގައި ކުރިއެރުމާއި، ކާމިޔާބު ހޯދުމުގެ ހުވަފެން ދެކުމަކީ، އެކަމެއް ހާޞިލްކުރުމަށް އެޅިގެންދާނެ ބާރެކެވެ. ކިތަންމެ އާދައިގެ އިންސާނާއަށްވެސް ބޮޑެތި ކަންކަމަށް އުއްމީދުކޮށް ބޮޑެތި ހުވަފެންތައް ގެންގުޅެވިދާނެއެވެ. މިފަދަ ވިސްނުން ކުރިޔަށް ނެރުމަކީ، އެކަމެއް ހާޞިލްކުރުމަށް ތަފާތު ފުރުޞަތުތައް ހުޅުވި، އެއަމާޒަށް ވާސިލުވުމަށް އެޅިގެންދާ ބާރަކަށް ވެގެންދެއެވެ.

ދިރިއުޅުމުގައި ހާޞިލް ކުރެވިފައިވާ ކަންކަމާމެދު ފަޚުރުވެރިވެ އުފާކުރުން

އެކަކަށް ލިބިފައިވާ ކުރިއެރުމާއި، އަނެކަކާއި އަޅާކިޔައި، ހަސަދަވެރިވުމަކީ ވަރަށްގިނަ ފަހަރު އަހަރަމެން އިންސާނުންނަށް ކުރެވޭ ކަމެކެވެ. ގިނަ މުދާ ނުވަތަ ފައިސާ ހުރުމަކީ، އުފާވެރި ހިތްހަމަޖެހޭ ދިރިއުޅުމެއް ލިބޭ ސަބަބެއް ނޫނެވެ. އެމީހެއްގެ ދިރިއުޅުމުގައި ހާޞިލްކުރެވިފައިވާ ބޮޑެތި ކާމިޔާބީތައް ހަނދާންކޮށް، އެކާމިޔާބީއަށް ފަޚުރުވެރިވެ އުފާކުރާހާލު ދިރިއުޅުމުގައި ކުރިޔަށް ދިޔުމަކީ، އުފާވެރި ދިރިއުޅުމެއް ލިބިގަތުމަށް ކުރެވިދާނެކަމެކެވެ. ހަމަ މިގޮތުން ކޮންމެ ކަމެއްގައިވެސް، އުނި ސިފަ ނުވަތަ ގޯސްކަން ހޯދުމުގެ ބަދަލުގައި އޭގައި އެކުލެވިގެންވާ ރަނގަޅު ކަންކަން ބަލައިގަނެ، ކުރިމަތިވާ ކޮންމެ ގޮންޖެހުމަކީވެސް، އިތުރަށް ކަންކަން ރަނގަޅުކުރުމަށް ލިބިގެންދާ ފުރުޞަތެއްގެ ގޮތުގައި ދެކިގެން ދިރިއުޅުން ކާމިޔާބު ކުރެވިދާނެއެވެ. ތިމާ އަމިއްލައަށް ފަޚުރުވެރިވާ، އަދި އެހެން މީހުން ފަޚުރުވެރިވާފަދަ މީހަކަށް އަމިއްލަ ނަފުސު ބަދަލުކޮށް ދިރިއުޅުމުގައި ހާޞިލް ކުރެވިފައިވާ ކަންކަމާމެދު ފަޚުރުވެރިވެ އުފާކުރާ މީހާގެ ދިރިއުޅުން އުޖާލާވެގެން ދާނެކަމީ ޝައްކެއްވެސް ނެތް ކަމެކެވެ.

ދީނީ ކަންކަމަށް ސަމާލުކަން ދިނުމާއެކު ނަމާދަށް ފަރުވާތެރިވުން

ދިރިއުޅުން އުޖާލާކުރަން އެދޭމީހާ އެންމެ ބޮޑު އިސްކަމެއްދޭންޖެހޭ އެއްކަމަކީ، ދީނީ ކަންކަމަށް އިސްކަން ދިނުމާއެކު ނަމާދަށް ފަރުވާތެރިވުމެވެ. ނަމާދަކީ ބަންދުވެ ސިއްކަޖެހިފައިވާ ހިތްތަކުގެ ފަރުވާއެވެ. ނަމާދަށް ރައްކާތެރިވެ، ދިރިއުޅުމުގެ ހާލަތު ހުރި ހާލަތުން އެހެން ހާލަތަކަށް ބަދަލު ކުރުމަށް އެދި ﷲގެ ހަޟްރަތުގައި ދުޢާ ދެންނެވުމަކީ ދިރިއުޅުމުގެ ހާލަތު ބަދަލުކުރުމަށް އެޅިދާނެ އެންމެ މުހިންމު ފިޔަވަޅެވެ.

ދުނިޔެވީ ކަންކަމަށް އިސްކަން ދޭ ބީދައިން، ފަސްވަގުތު ފަސްނަމާދަށް ގޮވާލެވޭ ހިނދު އެގޮވާލުމަށް އިޖާބަދީ، ފަލާޙާއި ކާމިޔާބު ހޯދުމަށް ނަމާދަށް އަވަސްވެގަތުމަކީ އުޚުރަވީ ހަޔާތް ބާއްޖަވެރިކޮށް އުފާވެރި ދިރިއުޅުމެއް ހޯދުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.

ކާމިޔާބު، ހިތްހަމަޖެހޭ، އުފާވެރި ދިރިއުޅުމަކަށް އަހަރެމެން ކޮންމެ އިންސާނަކު ބޭނުންވާއިރު، ދިރިއުޅުމުގެ ވައްޓަފާޅި، މީހާގެ ވިސްނުމާއި ދޭދޭ ގުޅުންތަކަށް ގެނެވޭ ކުޑަ އާދައިގެ ބަދަލަކުންވެސް ކާމިޔާބުގެ އައްސޭރިއަށް ދަތުރު ކުރުމުގެ މަގު ފަހިވެގެން ހިގައި ދާނެއެވެ. އަހަރަމެން އިންސާނުންނަށް އޮތީ ހެއްދެވި ފާރާތް ގިނަގިނައިން ހަދުމަކުރުމާއެކު، ދީނީ ކަންކަމަމަށް ރައްކާތެރިވެ، ފަރުޟު 5 ނަމާދު އަދާކޮށް، ދުނިޔެވީ ޙަޔާތާއި އުޚުރަވީ ހަޔާތް ބާއްޖަވެރިކުރުމެވެ. ދުނިޔެއަކީ ވަގުތީ މަންޒިލެއްކަމުގައި ވާއިރު، ހަޤީޤީ ކާމިޔާބީ ހާޞިލްކުރެވެން އޮތީ އީމާންތެރިކަން އިތުރުކޮށް، ﷲގެ މަގުގައި އިންސާނާ ސާބިތުވެ ހުރެގެންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!