ފެންޑާ
އަނބިމީހާ އާއި އަނގައިން ނުބުނެ އެއްކޮށް ދިރިއުޅޭތާ 20 އަހަރު

ޖަޕާނުގެ ފިރިހެނަކު އޭނާގެ އަނބިމީހާއި އާއި އަނގައިން ނުބުނެ އެއްކޮށް ދިރިއުޅޭތާ 20 އަހަރު ވަނީ ވެފައެވެ.

ޖަޕާނުގެ ދެކުނުގެ ނާރާ ސިޓީއަށް ނިސްބަތްވާ އޮޓޯއު ނަމަކަށް ކިޔާ މި ފިރިހެން މީހާ ދިރިއުޅެމުން އަންނަނީ އަނބިމީހާ އަދި ދަރިންނާއި އެކުގައެވެ.

އަނބިމީހާ އާއި އަނގައިން ނުބުނި ނަމަވެސް އޮޓޯއު އޭނާގެ 3 ދަރިންނާއި އެހެން މައިންބަފައިން ވާހަކަ ދައްކާ އުސޫލުން ބަރާބަރަށް ވާހަކަ ދައްކައެވެ. ނަމަވެސް ކަތަޔަމާ ޔުމީ، މި ފިރިހެން މީހާގެ އަނބިމީހާ، ބަރާބަރަށް އޭނަޔާއި ވާހަކަ ދައްކައެވެ. ޖަވާބުގައި އަނގައިން އެއްވެސް ބަހެއް ބޭރުކުރުމުގެ ބަދަލުގައި އޮޓޯއު، ނިތް އަރުވާލުން ނުވަތަ ބޯ ހޫރާލުން ނޫން އިތުރަށް އެއްވެސްކަމެއް ފާއިތުވީ 20 އަހަރު ނުކުރެއެވެ.

އޮޓޯއު އަދި ޔޫމީގެ ކާވެނީގެ ފޮޓޯއެއް

ނަމަވެސް 20 އަހަރަށް ފަހު އޮޓޯއު ވަނީ އޭނާ، އަނބިމީހާ އާއި އަނގައިން ނުބުނެ އެހާ ދިގު މުއްދަތަކަށް ހުރި ސަބަބު ހާމަކޮށްފައެވެ. މިކަން އޮޓޯއު ހާމަކޮށްފައިވަނީ، އޭނާގެ 18 އަހަރުގެ ފިރިހެން ދަރިފުޅު ޔޮޝީކީ، މަންމަޔާއި ބައްޕަގެ ދިރިއުޅުމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ޓީވީ ޝޯ އެއްގެ އެހީތެރިކަން ހޯދާފައި ވަނިކޮށެވެ.

ޔޮޝީކީ ބުނެފައިވާގޮތުގައި، މަންމަޔާއި ބައްޕަ ވާހަކަ ދެއްކި ހަނދާނެއް އޭނާ ނުހުންނަ ކަމަށެވެ. ޔޮޝީކީ ބުނާގޮތުން އަބަދުވެސް  ފެންނަނީ  ހަމައެކަނި މަންމަ ބައްޕައާއި ވާހަކަ ދައްކާ މަންޒަރު  އެކަނި ކަމަށެވެ. މަންމަޔަށް ޖަވާބުދީ، ވާހަކަ ދެއްކި އަޑު އެއްގޮތަކަށްވެސް އިވިފައި ނުވާކަމުގައެވެ. ނަމަވެސް ބައްޕަ ހުރިހާ ކުދިންނާއި ބަރާބަރަށް ވާހަކަ ދައްކާ ކަމަށެވެ. ބައްޕަ އާއި މަންމަގެ ދިރިއުޅުމުގައި ޖެހިގެން އުޅޭ މައްސަލައެއް ނޭނގޭ ކަމަށާއި، އެކަން ހައްލުކުރުމަށް ވަރަށް ބޮޑަށް ބޭނުން ކަމުގައި ޔޮޝީކީ ބުނެފައި ވެއެވެ. ޔޮޝީކީ ދެ ދައްތަ (25 އަހަރު އަދި 21 އަހަރު) ބުނެފައިވަނީ މަންމަޔާއި ބައްޕަ ވާހަކަ ދެއްކި ހަނދާނެއް އެއްވެސް ވަރަކަށް ނުހުންނަ ކަމުގައެވެ.

ޔޮޝީކީ އޭނާގެ ދެ ދައްތައާއި އެކު

ޓީވީ ޝޯއެއްގެ އެހީތެރިކަމާއެކު، ޔޮޝީކީ ފެއްޓި މަސައްކަތާއެކު، އޮޓޯއު ވަނީ އަންހެނުންނާއި ވާހަކަ ނުދައްކާ ސަބަބު ހާމަކޮށްފައެވެ. މިގޮތުން އޮޓޯއު ބުނެފައިވާ ގޮތުން އަންހެނުންނާއި ވާހަކަ ނުދައްކައި ހުއްޓާލަންޖެހުނީ، އަންހެނުން އޭނާއަށް އަޅާ ނުލާތީ އެވެ. އޮޓޯއު ބުނެފައިވާގޮތުގައި، ދަރިން ލިބުމާއެކު، އަންހެނުންގެ ހުރިހާ ވަގުތެއް ހޭދަކުރަމުން ދިޔައީ، ދަރިންގެ ކަންތައްތަކުގައި ދަރިން ބަލައި ބޮޑުކުރުމުގެ ޒިންމާ އަދާކުރުމުގައެވެ. އަންހެނުންނަށް އައި މި ބަދަލާއެކު، ވަރަށް ބޮޑަށް އޭނާ ޖެލަސްވި ކަމަށާއި، އޭގެފަހުން އަންހެނުންދެކެ ރުޅި އަންނަ ކަމުގައި އޮޓޯއު ބުނެފައި ވެއެވެ. ވާހަކަ ނުދައްކައި އެހާ ގިނަ ދުވަހު ހުންނަން ޖެހުނީ އެހެންވެ ކަމުގައި އޮޓޯއު، ޓީވީ ޝޯގައި ބުނެފައި ވެއެވެ.

ޓީވީ ޝޯވް އިންތިޒާމް ކުރި ފަރާތުން މި ދެމަފިރިންގެ ގުޅުން ރަނގަޅުކުރުމަށް، އެދެމަފިރިން ފުރަތަމަ ބައްދަލުވި ޕާކުގައި ބައްދަލުކުރުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އެދެމަފިރިން ފުރަތަމަ ބައްދަލުވި ނާރާގެ ޕާކުގެ ބެންޗުގައި އޮޓޯއު އަދި އަންހެނުން އިށީދެ ތިބިއިރު، 20 އަހަރު ފަހުން އޮޓޯއު ވަނީ އަންހެނުންނާއި އަނގައިން ބުނެފައެވެ.

ފުރަތަމަ ދެލޯބިވެރިން ބައްދަލުވި ތަނުގައި ތިބެ، ހިތުގެހުރި އުދާސްތައް 20 އަހަރުފަހުން އޮޓޯއު ވަނީ ބަންޑުން ކޮށްފައެވެ. އޮޓޯއު ބުނެފައިވާ ގޮތުން ދަރިންނަށް އެހާ ބޮޑަށް އަޅާލައި އޯގާތެރިކަން ދެމުން ގެންދިޔައިރު، ޔުމީ ވަނީ އޭނާގެ މަތިން ހަނދާން ނެތިކޮށްފައެވެ. އޯގާތެރި ބީހުންތަކާއި ފިރުމުންތަކުން އޭނާވަނީ މަހްރޫމް ވެފައެވެ. އެހެން ނަމަވެސް، ރަނގަޅު މަންމަޔަކަށް ޔުމީ ވުމުން އަބަދުވެސް އެކަން ފާހަގަކުރާ ކަމަށާއި، އޭނާގެ ދަރިންނަށް ދީފައިވާ ލޯތްބާއި އަޅާލުން ދުވަހަކުވެސް ހަނދާން ނުނެތޭނެކަން އޮޓޯއު ވަނީ ހާމަކޮށްފައެވެ.

ދެމަފިރިންގެ މިބައްދަލުވުން ނިމިގެން ދިޔައީ އެކަކު އަނެކަކަށް މާފަށް އެދި އަދި މީގެ ފަހުން ދިރިއުޅުމުގައި އެކަކު އަނެކަކަށް އަޅާލައި، މީގެ ފަހުން އޮޓޯއު ބަރާބަރަށް ޔުމީއާއި ވާހަކަ ދެއްކުމަށް ވައުދުވެ އެއްބަސްވެގެންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!