ޚަބަރު
ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ 75 އަހަރުގެ އަންހެނަކު ނިޔާވެއްޖެ

ކޮވިޑް ބައްޔަށް ފަރުވާ ހޯދަމުން ދިޔަ މީހަކު މިއަދު މަރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނެފިއެވެ.

އެޗްޕީއޭ އިން ވިދާޅުވީ ކޮވިޑް ބަލީގައި ނިޔާވެފައި ވަނީ އުމުރުން 75 އަހަރުގެ އަންހެނެއް ކަމަށެވެ.

އަދި އޭނާ ނިޔާވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ރޭ ދަންވަރު 2:01 ހާއިރު ކަމަށްވެސް އެޗްޕީއޭ އިން މައުލޫމާތު ދެއެވެ.

މިއާއެކު މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމްލަ ވަނީ 248 އަށް އަރާފައެވެ. އަދި މިއީ މި މަހުގެ ތެރޭގައި މަރުވި ހަތަރު ވަނަ މީހާއެވެ. މިދިޔަ އަހަރުގެ ނިޔަލަށް 49 މީހަކު ވަނީ މަރުވެފައެވެ. މި ބަލީގައި މި އަހަރު ވަނީ 199 މީހަކު މަރުވެފައެވެ.

ވޭތުވެ ދިޔަ 19 މަސް ދުވަހަށް ބަލާ އިރު ކޮވިޑް ބަލީގައި އެންމެ ގިނަ މީހުން މަރުވެފައި ވަނީ މި އަހަރުގެ މެއި މަހުއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!